ރައްޔިތުންގެ މަޖިލިސް

ޖާބިރުގެ ނަން އިއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވައިފި އެވެ.

މެންބަރު ޖާބިރުގެ ނަން އިއްވީ ޖަލްސާގައި އަޑުގަދަ ކުރައްވަމުން ގެންދެވުމުން މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވުމުންވެސް ތަކުރާރުކޮށް އަޑުގަދަ ކުރައްވަމުން ގެންދެވުުންނެވެ.

ޖާބިރު ވަނީ މިއަދުގެ ޖަލްސާއަށް ވަޑައިގެން އިންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މޭޒުކޮޅު ކައިރިއަށް ވަޑައިގެން އަޑުގަދަ ކުރައްވާފަ އެވެ.

ނަން އިއްވެވުުންވެސް ޖާބިރު މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގެންފައިނުވެ އެވެ.

ޖާބިރު ތަޅުން ދޫކުރައްވާ ވަޑައިނުގަތުމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން ޖާބިރު މަޖިލީހުގައި ނެތް ކަމަށް ބަލައި ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެ ޖަލްސާ ކުރިއަށް ގެންދަވާފަ އެވެ.