އިޒުރޭލާ އެކު ވިޔަފާރިކުރުން މިވަގުތަށް މަޑުޖައްސާލަން ޖެހުނީ ޔަހޫދީން އެ ކުރަނީ ރަނގަޅު ކަމެއް ނޫންކަން ގަބޫލުކުރެވޭތީ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
އިސްތަމްބޫލްގައި ވިޔަފާރިވެރިންނާ އެކު އޮތް ބައްދަލުވުމެއްގައި އުރުދުޣާން ވިދާޅުވީ އިޒުރޭލާ އެކު ވިޔަފާރި ނުކުރާ ގޮތަށް ނިންމުމުން ކޮންމެވެސް ކަހަލަ ދަތިތަކެއް، ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް އިހުސާސް ކުރެވުމަކީ އުއްމީދެއް ކަމަށެވެ.
އުރުދުޣާން ވިދާޅުވީ ތުރުކީ އަކީ އެއްވެސް ބަޔަކާ ޖައްސާލައި ޒާތީ ހަސަދަވެރިކަމެއްގައި ދެމި އޮންނަން ބޭނުންވާ ގައުމެއް ނޫން ކަމަށެވެ.
އުރުދުޣާން ވިދާޅުވި ގޮތުގައި އިޒުރޭލަށް މުދާ ނުފޮނުވުމުގައި ތުރުކީގެ އޮތީ ހަމަ އެންމެ ބޭނުމެކެވެ. އެއީ ޣައްޒާ ހަމަލާތައް ހުއްޓާލައި ޔަހޫދީ އަސްކަރިއްޔާ ފަލަސްތީނުން ފޭބުމެވެ.
ޣައްޒާއަށް ހަމަލާދިނުމުގައި ބެންޖަމިން ނަތަންޔާހޫއަށް އެހާ ފޯރިކެއްކެނީ ހުޅަނގުގެ ހިފެއްޓުމެއް ނެތް އެއްބާރު އޮތުމުން ކަމަށް އުރުދުޣާން ވިދާޅުވި އެވެ. އަދި ހާއްސަކޮށް އެމެރިކާ އޮތީ ޒަޔަނިސްޓުން ހިންގާ ޖަރީމާތަކުގައި ބައިވެރިވެގެން ކަމަށްވެސް ވިދާޅުވި އެވެ.
އުރުދުޣާން ވިދާޅުވީ އިޒުރޭލު ސިފައިން ޣާއްޒާއަށް އަރައިގަނެ މަރާފައިވަނީ ކިތައް މީހުންކަން ހުޅަނގަށް އަދިވެސް ސާފު ނުވާ ކަމަށެވެ. ހުޅަނގުން ދެން އެންމެ އަވަހަށް ކުރާނެ ކަމަކީ ތުރުކީއަށް ދަތިކޮށް -- ގޮތްފޮތްކިޔުން ކަމަށްވެސް ވިދާޅުވި އެވެ.
އުރުދުޣާން ވިދާޅުވީ އިޒުރޭލާ ދެކޮޅަށް އެއްޗެއް ބުނެފިނަމަ ހުޅަނގަށް ހީވާނީ އެކަމެއް މެދުވެރިވީ ހަމަ ސީދާ އެ މީހުންނަށް ކަމަށް ކަމަށެވެ.
ހަމާސްއާ އެކު ސުލްހަ ގާއިމުކުރެވޭ ހިސާބުން ތުރުކީއަށް ފުދުނީ ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ. އެއަށްފަހު އިޒުރޭލަށް ދަތިކޮށް ބަސްވިދާޅުވެ ނުހައްދަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ތުރުކީގެ ރައީސް ވިދާޅުވީ ސަރަހައްދީ މަސްލަހަތު ނަގާލުމަކީ ދުވަހަކުވެސް ތުރުކީން ކުރާނެ ކަމެއް ނޫން ކަމަށާއި ގިނަ ފަހަރު މަސްލަހަތަށް ބުރޫއަރަނީ އިޒުރޭލުގެ ސަބަބުން ކަމަށެވެ.
އިޒުރޭލާ ނުބެހޭ ކިތަންމެ ކަމެއްގެ ތެރެއަށް ވަދެގަނެ އެ މީހުންނަށް ވުރެ ބާރުގަދަ ބަޔަކު ނެތް ކަމަށް ހެދިގަންނަ ކަަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ. އެމެރިކާ ތާއީދު އިޒުރޭލަށް ނެތްނަމަ އަރަބި ގައުމުތަކެއްގެ މެދުގައި ނޯވެވޭނެ ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.