ސީރިޔާ

ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ލީޑަރު މަރާލައިފި

މިއަދު ގޮއްވާލި ކާރު ބޮމެއްގައި ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ އެންމެ އިސްވެރިޔާ މަރާލައިފި އެވެ. މި ހާދިސާގައި އިތުރު 17 މީހަކު ވެސް މަރުވިއެވެ.

މި ހަމާލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ. ނަމަވެސް އިދިކޮޅު ހަނގުރާމަވެރިންވަނީ މީގެ ކުރިން ސަރުކާރު ކޯލިޝަނުން ހަނގުރާމަ މެދު ކަނޑާލަންވި އެއްބަސްވުމާޢި ޚިލާފުވެފައިވާކަމަށް ބުނެ ސީރިޔާގެ ސަރުކާރުގެ ބޮލުގައި އިލްޒާމު އަޅުވާފަ އެވެ.

އިދިކޮޅު ހަނގުރާމަވެރިން ތުހުމަތު ކުރާގޮތުގައި މިއީ ރާވާއިގެން އިދިކޮޅު އިސްވެރިން މަރާލުމަށް އަމާޒުކޮށް ދީފައިވާ ހަމަލާއެކެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ފައިނޭންސް އޮފީހަށެވެ. ހަމަލާގެ ތެރޭގައި އެ ސަރަހައްދު ކައިރީގަ ތިބި އާންމުންނަށް ބޮޑެތި އަނިޔާތައް ލިބި، އެއް ބަޔަކު މަރުވި އެވެ.

އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުުން، އެ ސަރަހައްދު ކައިރީގައި ތިބި މީހުންގެ ހަށިގަނޑުގެ ގުނަވަންތައް ނަގާ ސާފުކުރާތަން އާއިލާތަކަށް ބަލަން ތިބެން ޖެހުމުން ވެސް ވަރަށް ގިނަ ބަޔަކަށް ވަނީ ނަފުސާނީ ގޮތުން އަސަރުކޮށްފަ އެވެ.

އިދިކޮޅު ހަނގުރާމަވެރިން ސަރުކާރުގެ ބޮލުގައި މި ހަމަލާގެ އިލްޒާމު އެޅުވި ނަމަވެސް އެއްބަޔަކު ދެކޭ ގޮތުގައި މި ހަމަލަ ދިނީ އައިއެސް ޖަމާއަތުން ހިނގާ ޓެރަރިސްޓު ގްރޫޕަކުންނެވެ.