އުރީދޫ

އުރީދޫ ނޭޝަންގެ އެޕެކްސް ލެޖެންޑް ސީރީޒްގައި ބައިވެރިވާން ހުޅުވާލައިފި

އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ އެޕެކްސް ލެޖެންޑްސް ސީރީޒް އެކްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

އުރީދޫ ނޭޝަން އިން ބުނި ގޮތުގައި މި މުބާރާތް އޮންނާނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

މުބާރާތުގެ ޕްރައިޒް ޕޫލަކީ 10،000 ރުފިޔާ އެވެ.

މުބާރާތުގެ އެއްވަނަ ޓީމަކަށް 4،000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.

އުރީދޫ ނޭޝަން އިން މިދިޔަ މަހު ވަނީ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން 1 ކުރިއަށް ގެންގޮސްފަ އެވެ.