އުރީދޫ

އުރީދޫ މަސްރޭހުގެ ނައިފަރުގެ ޗެމްޕިއަންކަން "ހުސްބުޅި" ކާމިޔާބުކޮށްފި

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024 ގެ ޅ. ނައިފަރުގެ ޗެމްޕިއަންކަން ޓީމް "ހުސްބުޅި" ހޯދައިފި އެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަކޮށް ޅ. ނައިފަރުގެ އިތުރުން ކ. ހިންމަފުށި އަދި ގދ. ތިނަދޫގައި ބާއްވާފަ އެވެ.

ނައިފަރުގައި މަސްރޭހަށް ރެޖިސްޓާ ކުރި 18 ޓީމާއެކު މުބާރާތް ފެށީ ހުކުރު ދުވަހު އެވެ.

ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ.

މުބާރާތުން ވަނަތައް ހޯދި ޓީމްތަކާއި މަސްވެރިން

  • ޗެމްޕިއަން ޓީމް: 921.4 ޕޮއިންޓާއެކު ހުސްބުޅި
  • ދެވަނަ ޓީމް: 698.45 ޕޮއިންޓާއިއެކު ޗިލް ބްރޯޒް
  • ތިންވަނަ ޓީމް: 438.3 ޕޮއިންޓާއިއެކު ޓީމް ކޮރަކަލި
  • އެންމެ ބަރު މަސް: މުހައްމަދު ނަޝީދު ، ޓީމް އަލިފަސް – 9.4 ކިލޯގެ މުޑަ ހަނދި
  • އެންމެ މޮޅު ކެޔޮޅު – ފިރިހެން: އަލި އަބްދުﷲ (ޗިލް ބްރޯޒް) 24 މަސް
  • އެންމެ މޮޅު ކެޔޮޅު – އަންހެން: ޖަވާދާ އަހްމަދު (ޓީމް ކޮރަކަލި) 15 މަސް

އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސްގެ ޕާޓްނަރުންގެ ފަރާތުން ހިންމަފުށީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަނީ މަރުހަބާ ކިޔާފަ އެވެ.