އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑު ހިދުމަތް ޅ. ނައިފަރަށް ތައާރަފު ކޮށްފި އެވެ.
އުރީދޫއިން ބުނީ 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފުކޮށް ނައިފަރު ރައްޔިތުންނަށް އިންޓަނެޓްގެ ހިދުމަތް އިތުރު ފުރިހަމަކަމާއެކު ބޭނުން ކުރުމުގެ ފުރުސަތު ދެވުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ދިވެހި ރައްޔިތުންނަށް އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުންދާނެ ކަމަށެވެ.
އުރީދޫ ސުޕަނެޓްގެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކަށްހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފަ އެވެ.