އުރީދޫ

އުރީދޫ 5ޖީ ޖައްސާލައިގެން އޮކިއުލަސް ކުއެސްޓް 3 އެއް ހޯދުމުގެ ފުރުސަތު

އުރީދޫ މޯލްޑިވްސްގެ 5ޖީގެ ސްޕީޑް ތަޖުރިބާކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އޮކިއުލަސް ކުއެސްޓް 3 ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭ މުބާރާތެއް އިއުލާނުކޮށްފި އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އޮކްޓޫބަރު 19 ވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.

އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ނަސީބުވެރިޔާ ހޮވާނީ ރެންޑަމް ޑްރޯއަކުން ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

ބައިވެރިވާނެ ގޮތް:

  • ސްޕީޑް ޓެސްޓެއް ކުރުން: އުރީދޫ 5ޖީ ލިބޭ ސަރަހައްދަކުން ސްޕީޑް ޓެސްޓެއް ހެދުން.
  • ސްކްރީންޝޮޓް : ސްޕީޑް ޓެސްޓުގެ ނަތީޖާގެ ސްކްރީންޝޮޓެއް ނެގުން.
  • ސޯޝަލް މީޑިއާގައި ޝެއާ ކުރުން: ފޭސްބުކް، އިންސްޓަގްރާމް ނުވަތަ ޓްވިޓާއަށް ޕޯސްޓު ކޮށްލާ. ޕޯސްޓު ކުރާއިރު ހޭޝްޓެގް
  • #5Gjassaalaa ބޭނުންކޮށް @ooredoomaldives ޓެގް ކޮށްލުން.

އުރީދޫ މޯލްޑިވްސް އިން ވަނީ ރާއްޖޭގެ 60 އިންސައްތައަށް 5ޖީ ހިދުމަތް ފުޅާކޮށްފަ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ޓެކްނޮލޮޖީއާއި އެންމެފަހުގެ ވަސީލަތްތަކާއެކު ރާއްޖޭގެ ރައްޔިތުން ގުޅާލުމަށެވެ.