ދިރާގު

ދިރާގު "ވާހަކަ" އެޑްއޯން މެދުވެރިކޮށް އަންލިމިޓަޑް ގްރޫޕް ކޯލްސް

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އަންލިމިޓެޑް ގްރޫޕް ކޯލިން ކުރެވޭފަދަ މުޅިން އައު އެޑް-އޮންއެއް ތައާރަފްކޮށްފި އެވެ.

މި އާ އޮފައާ އެކު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް "ވާހަކަ" އެޑް-އޮން އެކްޓިވޭޓް ކޮށްލައިގެން މި އެޑް-އޮން އެކްޓިވޭޓް ކޮށްފައިވާ އާއިލާ މެމްބަރުންނާއި ރަށްޓެހިންނަށް ހިލޭ ގުޅާލެވޭނެ އެވެ. އެގޮތުން މި އެޑް-އޮންއާ އެކު އެންމެ 50 ރުފިޔާއަށް، 30 ދުވަހުގެ މުއްދަތަށް އަންލިމިޓެޑް ކޯލް ކުރުމުގެ އިތުރުން އެއް ޖީބީ މޮބައިލް ޑޭޓާވެސް ލިބޭނެ އެވެ.

މީގެ އިތުރުން ވަޓްސްއެޕް، ޓެލެގްރާމް ނުވަތަ ވައިބާ މެދުވެރިކޮށް ކޯލިން ގްރޫޕްގައި ބައިވެރިވުމުގެ ދައުވަތު އާއިލާއަށާއި ރައްޓެހިންނަށް ފޮނުވޭނެ އެވެ.

ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް ހަސަން ޝާރިހު އާދަމް ވިދާޅުވީ ކަސްޓަމަރުން އެކަކު އަނެކަކާ މުވާސަލާތީ ގޮތުން ފަސޭހަކަމާއެކު ގުޅުވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މިފަދަ އޮފައެއް ތައާރަފް ކުރުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެގޮތުން މި ލޯންޗަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ދިރާގު ނެޓްވާކް މެދުވެރިކޮށް ގުޅުވާލުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިއްމު ކާމިޔާބީއެއް،" ޝާރިހް ވިދާޅުވި އެވެ.

ދިރާގު އެޕް މެދުވެރިކޮށް ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މި އެޑް-އޮން އެކްޓިވޭޓްކޮށްލެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދީ، ހިތްގައިމު އައު އޮފަތަކާއެކު އެފަރާތްތަކަށް ޑިޖިޓަލްކޮށް ގުޅުވާލެވޭނެ އިތުރު ގޮތްތައް ފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.