ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހައި އެޗީވާސް ސްކޮލަޝިޕަށް ޝަރުތު ހަމަވާ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕަށް ކުރކމަތިލުމަށް ހުޅުވާލައިފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް އެ ކުދިން ބޭނުންވާ ގައުމަކުން ބޭނުންވާ ދާއިރާ އަކުން ޑިގްރީ ފުރިހަމަކުރެވޭނެ ކަމަށެވެ.

ސްކޮލާޝިޕް ލިބުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް:

  • ރާއްޖޭގެ ސްކޫލެއްގައި މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާން ހެދި ދިވެހި ދަރިވަރަކަށްވުން.
  • އިސްލާމް އާއި ދިވެހި ހިމެނޭ ގޮތަށް މަތީ ސާނަވީ އިމްތިހާނުން މަދުވެގެން ފަސް މާއްދާއިން އޭ ފާހެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހޯދާފައިވުން.
  • ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން ސީ އިން ފެށިގެން މަތީ ފާހެއް ހޯދާފައިވުން.
  • ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް / މަދަރުސާއަކުން މިދިޔަ އަހަރު ޝަހާދާ ސާނަވީ އިމްތިހާން ހެދި ދަރިވަރެއް ނަމަ އެ އިމްތިހާނުން ފައިނަލް އެވްރެޖްގައި އޭ ފާހެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހޯދާފައިވުން.
  • އެޗްއެސްސީ ދިވެހި މާއްދާއިން އޭ ފާހެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހޯދާފައިވުން
  • ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން ސީ އިން ފެށިގެން މަތީ ފާހެއް ހޯދާފައިވުން.

މި ސްކޮލާޝިޕަށް ކުރިމަތިލުމަށް ކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 1:30ގެ ކުރިންނެވެ.