އެސްއެމްއީ ވިޔަފާރި

ކުދި އަދި މެދު ފަންތީގެ ވިޔަފާރި އިގްތިސާދަކަށް މުހިންމުވަނީ ކީއްވެ؟

May 19, 2024

ވިޔަފާރީގެ މަގުބޫލު ދުނިޔޭގައި ގައުމެއްގެ އިގްތިސާދައް އެކި ފަންތީގެ ވިޔަފާރިތަކުން ފައިދާ ލިބިގެންދެ އެވެ. މިގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ބޮޑު ފަންތީގެ ވިޔަފާރިތަކާ ހިލާފަށް ނޫސް މަޖައްލާތަކުގެ ސުރުހީތައް ނުހިފެހެއްޓުނު ނަމަވެސް، އޭގެ ސަބަބުން އިގްތިސާދަށް އެތަކެއް ފައިދާތަކެއް ފޯރުކޮށްދޭ ބައެކެވެ.

ރާއްޖެ ފަދަ ކުޑަ ގައުމަކަށް ދިމާވެދާނެ އެންމެ ބޮޑު އެއް މައްސަލައަކަށް ވާނީ ވަޒީފާގެ ފުރުސަރުތައް މަދު ވުމެވެ. ނަމަވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ސަބަބުން މި އިގްތިސާދީ މައްސަލައަށް ހައްލެއް ލިބިގެންދެ އެވެ. މިފަދަ ވިޔަފާރިތަކުގެ ސަބަބުން އާބާދީގެ ބޮޑު ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބި، އިގްތިސާދުގައި ވަޒީފާގެ ފުރުސަތު ނުލިބިފައިވާ ޒުވާނުންގެ ނިސްބަތް މަދުކުރެވިގެންދެ އެވެ.

މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ސަބަބުން އަތޮޅުތަކުގައި މުދަލާއި ހިދުމަތްތައް ގާއިމުވުމަށް ފަސޭހަވެ، ރަށުތެރޭގައި ތިބޭ މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް ކުރިއެރުމަށް ފަސޭހަވެގެންދެ އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ކުދި ރަށްތަކާއި އަތޮޅުތައް ތަރައްގީވުމަށް ފަސޭހަވެގެންދެ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިގްތިސާދެއްގައި މަސައްކަތްކުރުމުން އެކި ދާއިރާ ތަކުގައި މަސައްކަތް ބިނާކޮށް، ސަބަބުން އިގްތިސާދީ ގޮތުން އެންމެ ސިނާއަތަކަށް ބަރޯސާވުމުން ދުރުކޮށްދެ އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ މާކެޓްތަކަށް އަންނަ ބަދަލުތަކުން އިގްތިސާދަށް ދިމާވާ ނުރައްކާ ކުޑަވެގެންދެ އެވެ.

މިދެންނެވި ސަބަބުތަކަށްޓަކައި ރާއްޖެ ފަދަ ކުޑަ ގައުމެއްގެ އިގްތިސާދަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ އަހަންމިއްޔަތުކަން ބޮޑެވެ. މިފަދަ ވިޔަފާރިތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު ކުރިއަރުވައި އިތުރަށް ތަރައްގީވުމަށް ފުރުސަތު ލިބިގެންދެ އެވެ.