ދުނިޔެ

އީރާންގެ ރައީސްއާ ޚާރިޖީ ވަޒީރު އަވަހާރަވެއްޖެ: ރެޑް ކްރެސެންޓް

އީރާންގެ ރައީސް، އިބްރާހީމް ރައީސީ -- ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި ހިނގި ހާދިސާއެއްގައި އަވަހާރަވެފައިވާ ކަމަށް އީރާންގެ ރެޑް ކްރެސެންޓުން ބުނޭ
0%
0%
100%

އީރާންގެ ރައީސް، އިބްރާހީމް ރައީސީ އާއި ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުލްލަހިޔާން އަވަހާރަވެއްޖެ ކަމަށް އީރާންގެ ރެޑް ކްރެސެންޓުން ބުނެފި އެވެ.

މި ދެ ބޭފުޅުން އަވަހާރަވެފައި މި ވަނީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި ހިނގި އެކްސިޑެންޓެއްގަ އެވެ.

އީރާންގެ ރެޑް ކްރެސެންޓް ސޮސައިޓީގެ ވެރިޔާ ޕީރު ހުސައިން ކުލިވާންދު ވިދާޅުވި ގޮތުގައި އެ ހެލިކޮޕްޓަރުން ދަތުރުކުރި އެކަކުވެސް ސަލާމަތެއް ނުވެ އެވެ.

އިބްރާހީމް ރައީސީ އާއެކު ދަތުރުކުރި ވަފުދު ވަޑައިގަތީ އަޒަރުބައިޖާން އާއި އީރާންއާ ގުުޅޭ ސަރަހައްދުގައި ޑޭމެއް ހުޅުވުމަށެވެ. މޫސުން ވަރަށް ބޮޑަށް ގޮސްވެ، ވައިގަދަވުމުގެ ސަބަބުން ހެލިކޮޕްޓަރު ވެއްޓުނީ މި ވަފުދު އެނބުރި އީރާންގެ ވެރިރަށް ތެހެރާންއަށް ދަތުރުކުރަނިކޮށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345