ދުނިޔެ

އީރާންއާ އެކު އާ ނިއުކްލިއާ އެއްބަސްވުމަކަށް ދެވިދާނެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- އީރާންއާ އެކު އާ ނިއުކްލިއާ އެއްބަސްވުމަކަށް ދެވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވި
0%
0%
0%

އީރާންއާ އެކު މުޅިން އާ ނިއުކްލިއާ އެއްބަސްވުމެއް އެކުލަވާލެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މި އެއްބަސްވުމާ ބެހޭ ގޮތުން އިތުރު ތަފުސީލެއް ނުދެއްވައި، ޓްރަމްޕް ވިދާޅުވީ، އެއްބަސްވުން އެކުލަވާލަން ޖެހޭނީ އެއްވެސް ދިމާއަކު އީރާނަށް ސަލާމަތްނުވެެވޭ ގޮތަށް ކަމަށެވެ.

އީރާންއާ އެކު ނިއުކްލިއާ އެއްބަސްވުމެއް ހަދަން ޖެހޭ ސަބަބަކީ، ނިއުކްލިއާ ބޮމެއް އުފައްދަން އީރާނަށް އެއްވެސް ފުރުސަތެއް ނުދިނުމަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާއާ އީރާންއާ ދެމެދު މައްސަލަތަކެއް ނެތް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. އެމެރިކާ އެދެނީ ތަރައްގީގެ މައިދާންގައި އީރާން ކުރިއަރައި ދިއުން ކަމަށާއި އީރާން އަކީ ގާބިލު ފަންނުވެރިން ތިބި ގައުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާންއާ މެދު އޮތް ހަމައެކަނި ނުތަނަވަސް ކަމަކީ، ނިއުކްލިއާ ބޮމެއް އުފައްދަން އީރާން ކުރާ މަސަައްކަތްތައް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސްގެ މަގާމުގައި އޭނާ ހުންނެވިހައި ހިނދަކު، ނިއުކްލިއާ ބޮމެއް އުފައްދުމަކީ އީރާނަށް ކުރަން ލާހިކު ކަމެއް ނޫން ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އީރާންގެ ވެރިންނަށް އިތުބާރުކުރައްވަންތޯ ނޫސްވިއަކު ކުރި ސުވާލަށް ޓްރަމްޕް ވިދާޅުވީ އެކަން ކަށަވަރުކުރެވިދާނެ ގޮތްތައް ހުރި ކަމަށެވެ. އީރާންއާ އެކު ނިއުކްލިއާ އެއްބަސްވުމެއް އެމެރިކާއަށް ގާޢިމުކުރެވިއްޖެ ނަމަ، މާނަ އަކީ އެމެރިކާއާ އެކު ގުޅުން ރަނގަޅީ ކަމަށް ނިންމިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހާ ހިސާބުން އީރާންގެ ވެރިންނަށް އެމެރިކާ އިތުބާރުކުރާނެ ކަމަށާއި ސީދާ ވާހަކަތައް ވަޒީރުންގެ ފެންވަރުގައި ވެސް ބޭއްވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާއިން އީރާންއާ މަޝްވަރާކުރާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. މިކަމަށްޓަކައި އާ ސަފީރަކު ކަނޑައަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މިހާރުން މިހާރަށް މަޝްވަރާތައް ފަށާނަމަ ޓްރަމްޕް ސަރުކާރުން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނެވި ސްޓީވް ވިޓްކޯފް އިސްވެ ހުންނަވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ފައިނޭންޝަލް ޓައިމްސް ބުނާ ގޮތުން ޓްރަމްޕްގެ ވިސްނުން ހުރީ އީރާންއާ މަޝްވަރާކޮށްގެންން މައްސަލަަތައް ހައްލުކުރުމަށެވެ. މަޝްވަރާތަކުން ހައްލެއް ނުލިބިއްޖެ ނަމަ ބާރުގެ ބޭނުންކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށް އެމެރިކާގެ ސަރުކާރުގެ މަސްއޫލްވެރިންނާ ހަވާލާދެއްވައި ފައިނޭޝަލް ޓައިމްސްއިން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910