މޯލްޑިވްސް ޕޮލިސް ސާވިސް

މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ މީހާ

މ. ރަބީއުވިލާ ގޭގައި މަރުވެފައިވާ އޮއްވާ މިއަދު ފެނުނީ މާލެ އިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލެ އިން ގެއްލިގެން ހޯދަމުން ދިޔައީ މއ. ބޯޅަކިންކިރިމާގެ، އަހްމަދު އައިމަން (30 އ) އެވެ.

އޭނާ ހޯދަމުން ދިޔައީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެންނެވެ.

މ. ރަބީއުވިލާ ގެއަކީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއްވެސް ލިބުނު ގެއެކެވެ.

މި ގޭގައި އަލިފާން ރޯވި ރޭ ވެސް ބައެއް އަވަށްޓެރިން ބުނި ގޮތުގައި މީހުން ނޫޅޭ މިގެއަކީ ތަފާތު ކުށްތަކުގައި މާލެ ތެރޭގައި އުޅޭ މީހުން ބޭނުންކުރާ ގެއެކެވެ.