ކްރޫޒް ލައިނާ

ހާހަކަށްވުރެ ގިނަ ޓޫރިސްޓުންނާއެކު ކްރޫޒްލައިނެއް ބަނދަރުކޮށްފި

Mar 5, 2016
1
  • ކްރޫޒްލައިނާތަކުން ޓޫރިޒަމް ދާއިރާގެ އާމްދަނީ މަތިވޭ
  • މި އަހަރު ގިނަ ކްރޫޒްލައިނާތަކެއް އަންނަމުންދޭ
  • ރާއްޖެއަކީ ކްރޫޒްލައިނާތަަކަށް މަގުބޫލު މަންޒިލެއް

ހާހަކަށްވުރެ ގިނަ ޓޫރިސްޓުންނާއެކު ކްރޫޒްލައިނާއެއް މާލެ އަށް މިއަދު ބަނދަރުކޮށްފި އެވެ.

ފްރާންސުގެ ކުންފުންޏެއް ކަމަށްވާ "ކޮސްޓާ ނެއޯވިރާ" ކުންފުނީގެ މި ކްރޫޒްލައިނާއަކީ 1،700 ފަސިންޖަރުން ހިމެނޭ އުޅަނދެވެ. މީގައި 670 ފަޅުވެރިން ހަރާކާތްތެރިވާއިރު މި އުޅަނދުގައި އެންމެ ޒަމާނީ ރިސޯޓަކުން ލިބޭ ހުރިހާ ހިދުމަތެއް ޓޫރިސްޓުންނަށް ފޯރުކޮށްދެ އެވެ. ދިގުމިނުގައި 709 ފޫޓު ދިގު، 48،200 ޓަނުގެ މިއުޅަނދަކީ ކްރޫޒްލައިނާ ލައިވް އެކްސްޕީރިއަންސް ކުރާ ޓޫރިސްޓްގެ މެދުގައި މަގުބޫލު އުޅަނދެކެވެ.

މި އަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ކްރޫޒްލައިނާތައް އަންނަ އަހަރެވެ. މި އަހަރު ފެށުނީއްސުރެން ފެށިގެން ހަ ކްރޫޒްލައިނާއެއް ރާއްޖެ އައިސްފައިވެ އެވެ. މިގޮތުން ޖެނުއަރީ މަހު ރާއްޖެއަށް އައި ދެ ކްރޫޒްލައިނާއިން އެއްވަގުތެއްގައި 5،000 އެއްހާ ޓޫރިސްޓުން މާލެ ފައިބާފައިވެ އެވެ.

ކްރޫޒްލައިނާތައް ރާއްޖެ އައުމުގެ ސަބަބުން މި ދާއިރާގައި މަސައްކަތްކުރާ މީހުންގެ އާމްދަނީ ވަރަށް ބޮޑުތަން އިތުރުވެގެންދެ އެވެ. އެގޮތުން ކްރޫޒްލައިނާ ޓޫރިސްޓުން ރިސޯޓުތަކަށް ގެންގޮސްދިނުމާއި ސޭންޑް ބޭންކް އަދި ޑައިވިން ފަދަ އެކްސްކާޝަން ހަރަކާތްތައް ބާއްވައިގެން ގިނަ ފައިސާ ލިބެ އެވެ. މީގެ އިތުރުން ޓެކްސީ ޑްރައިވަރުންނާއި ގެސްޓް ފިހާރަތަކަށްވެސް ލިބޭ އާމްދަނީ މަތިވެ އެވެ.