ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންނާއި އާއިލާ އިން ހޯދަމުންދިޔަ ތ. މަޑިފުށި / ނައިޓްރޯސް، އައިޝަތު ޒޯޔާ ފިކުރީ (14އ) ފެނިފައިވަނީ ރޭގެ ވަގުތެއްގައި މާލެއިން ކަމަށް ފުލުހުން ބުނެ އެވެ.
އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ޒޯޔާގެ އާއިލާއަށް ހަބަރެއް ނުވެ އެ ކުއްޖާ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާތީ އެ ކުއްޖާ ހޯދަން ފުލުހުން އިއުލާނު ކުރީ އިއްޔެ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން އިތުރަށް ބުނީ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.