މާލޭގައި ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ މާފަންނުގައި ހުރި ގެއެއްގައި އަންހެނަކު ބަންދު ކޮށްފައި ހުރި ކަމަށް ބެލެވޭތީ ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ފިރިހެން މީހާ އަންހެނަކު ހިފަހައްޓައިގެން އެ އަންހެން މީހާގެ ކަރު ކައިރީގައި ވަޅި ޖައްސައިގެން ހުންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި ފަހުން އާންމުވި ވީޑިއޯގައި މި ފިރިހެން މީހާ ވަނީ އަންހެން މީހާ ގެއިން ނެރެގެން ސައިކަލްގައި ކޮންމެވެސް އެހެން ތަނަކަށް ގެންގޮސްފަ އެވެ.
ފުލުހުން މިހާރު ވަނީ ފިރިހެން މީހާ ހައްޔަރުކޮށްފަ އެވެ. މި ހާދިސާގައި އަންހެން މީހާއަށްް އެއްވެސް އަނިޔާއެއް ލިބުނު ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
ފިރިހެން މީހާ އަންހެނަކު ރަހީނުކުރި ވަކި ސަބަބެއް ވެސް އަދި ފުލުހުން ނުބުނެ އެވެ.