އެޗްއާރްސީއެމް

ކުއްޖާ މަރާލުން: އެޗްއާރްސީމުން ތަހުގީގު ކުރަނީ

Jun 22, 2021
3

ތޭރަ އަހަރުގެ ކުއްޖަކު މަރާލުމަ ށްފަހު އެއްލާލާފައި އޮތް ތަނަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ޓީމެއް ހާޒިރުވެ، އެ މައްސަލަ ބަލަން ފަށައިިފ އެވެ.

ކުއްޖާ މަރާލުމަށް ފަހު ފޮށިގަނޑަކަށް ލައި އެއްލާފައި އޮތީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށަށެވެ. އެ ސަރަހައްދަށް އެޗްއާރްސީއެމްގެ ޓީމެއް ޒިޔާރަތްކޮށްފައި ވަނީ ރޭ ފަތިހު 5:00 ޖެހި އިރު އެވެ.

އެ ކޮމިޝަނުން ބުނީ އެ މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން ސީރިއަސް މައްސަލައެއް ގޮތުގައި ދަނީ ތަހުގީގު ފަށާފައިވާ ކަމަށެވެ.

ކުޑަކުއްޖާ މަރާލާފައި އޮއްވާ ފެނުނީ ކުއްޖާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓް ކުރިތާ ދެ ދުވަސް ފަހުންނެވެ. ރޭ މެންދަމު 2:30 އެހާކަންހާއިރު ކުއްޖާ މަރާލާފައި އޮއްވާ ފެނިފައި މިވަނީ ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ކުއްޖާގެ މަރުގެ ތުހުމަތުގައި އޭނާގެ ގާތް ދެ ރަހްމަތްތެރިން ކަމަށް ބެލެވޭ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.