ޖޭއެސްސީ

ދައުރު ނިމުމުގެ ކުރިން ހިސާން، އުއްތަމަ ފަނޑިޔާރު އަރިހަަށް

ހިސާން، އުއްތަމަ ފަނޑިޔާރު އަރިހުގައި
0%
0%
0%

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމާއި އަދި އެ ކޮމިޝަންގެ މެންބަރުކަމުގެ ދައުރު ނިންމާލުމުގެ ކުރިން، ކޮމިޝަންގެ ރައީސް ހިސާން ހުސައިން އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ އަރިހަށް ޒިޔާރަތް ކުރައްވައިފި އެވެ.

ހިސާން، އުއްތަމަ ފަނޑިޔާރުގެ އަރިހަށް ޒިޔާރަތް ކުރެއްވީ އާދިއްތަ ދުވަހު އެވެ.

މިއަދަކީ، ހިސާން، ޖޭއެސްސީގެ މެންބަރުކަން ކުރައްވާނެ އެންމެ ފަހު ދުވަހެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޖޭއެސްސީއަށް އައްޔަން ކުރީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން، ޖޭއެސްސީއަށް އައްޔަން ކުރި މެންބަރުގެ ހައިސިއްޔަތުން 2019 ވަނަ އަހަރު އެވެ.

ޖުޑިޝަރީ އިސްލާހު ކުރަން ޖެހޭ ކަމަށް އަޑު އުފުއްލަވަމުން ގެންދެވި ހިސާނަކީ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނެވި ކަނބަލެކެވެ.

ހިސާންގެ، ޖޭއެސްސީގެ ދައުރު މިއަދުގެ ނިޔަލަށް ހަމަވާއިރު، ހިސާން އަކީ ޖޭއެސްސީގެ ރައީސް ނކަމަށް އެންމެ ފުރަތަމަ އިންތިހާބު ކުރެވުނު އަންހެން ބޭފުޅާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345