ޑރ. މުހައްމަދު ޖަމީލް އަހުމަދު

ފަނޑިޔާރުން ވަކިކުރި މައްސަލަ ބެލޭނެ ދުވަހެއް އަންނާނެ: ޖަމީލް

ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު: މަޖިލީހުގެ ނިންމުންތަކަށް ފާޑުވިދާޅުވި --
50%
0%
50%

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ (ޑރ. ދީދީ) އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމާމެދު ސުވާލު އުފައްދަވާ، އެކަންކަން ބެލޭނެ ދުވަހެއް އަންނާނެ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސުލޫކީ މައްސަލައެއްގައި ޖޭއެސްސީން ހުށަހަޅައިގެން އުއްތަމަ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އުއްތަމަ ފަނޑިޔާރު މަގާމުން ވަކި ކުރަން މަޖިލީހުން ފާސްކުރީ 69 މެންބަރުންގެ ވޯޓާއެކު އެވެ. ވަކި ކުރަން ބޭނުން ނުވާ ކަމަށް ނުވަ މެންބަރުން ވޯޓު ދެއްވި އެވެ. ފަނޑިޔާރު އާދަމް ވަކި ކުރަން ވެސް ވޯޓު ދެއްވީ 69 މެންބަރުންނެވެ. ވަކި ކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ފަނޑިޔާރުން ވަކިކުރީ ފަނޑިޔާރުގޭގެ ފާރުވެސް ތަޅާލާފައި ކަމަށެވެ. އަދި ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމަށް ފެންނަ ކޮންމެ ކަމަކީ ސުލޫކީ މައްސަލައެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

"މިއަދު ފަނޑިޔާރުން ވަކިކުރީ ފަނޑިޔާރުގޭގެ ފާރުވެސް ތަޅާލާފައި. ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމަށް ފެންނަ ކޮންމެ ކަމަކީ ސުލޫކީ މައްސަލައެއް. މުޅި އޮޑީގައި ރައީސް ނަޝީދުގެ ދެ ފައި. ތިޔަ ކަންތައްތައް އަލުން ބެލޭނެ ދުވަހެއް އިރާދަކުރެއްވިއްޔާ އަންނާނެ." ޖަމީލްގެ ޓްވީޓްގައި ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. ދީދީ އާއި ފަނޑިޔާރު އާދަމް ވަކި ކުރުމުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް މިދިޔަ ބުދަ ދުވަހު ފޮނުވީ އެ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބެލުމަށް ފަހު، 60 ދުވަހުގެ މުއްދަތަކަށް އެ ދެ ފަނޑިޔާރުން ސަސްޕެންޑް ކުރުމަށް ފަހުގަ އެވެ.

ޖޭއެސްސީން ބުނި ގޮތުގައި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަހުގީގު ކުރިއިރު، އެ ދެ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމް ކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް ވަނީ އެ ކޮމިޝަނަށް ފާހަގަ ކުރެވިފަ އެވެ. އެހެންކަމުން ދެ ބޭފުޅުން ވެސް ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމީ ކަމަށެވެ.

މިއަދު ފަނޑިޔާރުން ވަކިކުރީ ފަނޑިޔާރުގޭގެ ފާރުވެސް ތަޅާލާފައި. ރައީސް ނަޝީދާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމަށް ފެންނަ ކޮންމެ ކަމަކީ ސުލޫކީ މައްސަލައެއް. މުޅި އޮޑީގައި ރައީސް ނަޝީދުގެ ދެ ފައި. ތިޔަ ކަންތައްތައް އަލުން ބެލޭނެ ދުވަހެއް އިރާދަކުރެއްވިއްޔާ އަންނާނެ
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވަނީ އުސޫލުތަކުގެ ބޭރުން ކަމަށް ވިދާޅުވެ ފަނޑިޔާރު އާދަމް މުހައްމަދު ކަމާބެހޭ ފަރާތްތަކަށް ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ.

އަވަސްއަށް އެ ސިޓީގެ ކޮޕީއެއް ލިބިފައިވާއިރު އެ ސިޓީގައި އާދަމް މުހައްމަދު ވިދާޅުވެފައި ވަނީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލައިފިނަމަ ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ތަހުގީގު ކުރެވުނު މައްސަލައިގެ ރިޕޯޓް އެ ފަނޑިޔާރަކަށް ފޮނުވާ، އެ ރިޕޯޓް ފަނޑިޔާރަށް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި، ރިޕޯޓާއި ގުޅޭ ގޮތުން ކޮމިޝަނަށް ހުށައަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ޖޭއެސްސީން ރިއާޔަތް ކޮށްދިނުމަށް އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ހުށައެޅުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާކަން ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އާދަމް މުހައްމަދުގެ ސިޓީގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމުން ވަކި ކުރަން ޖޭއެސްސީން ނިންމިކަން އެނގިވަޑައިގެންނެވީ މީޑިއާއިން ކަމަށާ މިއަދާއި ހަމައަށް ވެސް ކޮމިޝަނުން ނިންމި ކަމަށް ބުނާ ނިންމުމާއި ގުޅޭ ރިޕޯޓް ވެސް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ޖޭއެސްސީން ބަލާފައި ވަނީ އެ މަނިކުފާނާއި ގުޅޭ ކޮން މައްސަލައެއް ކަމެއްވެސް ނޭނގޭ ކަމަށެވެ.

މީގެ އިތުރުން އެ ރިޕޯޓް ލިބި ވަޑައިގެންފައި ނުވާއިރު، އެ ރިޕޯޓް މަޖިލީހަށް ފޮނުވާ، މަޖިލީހުން ގޮތްތަކެއް ނިންމި ކަމަށް ބުނާ ޚަބަރުތައް ވެސް ލިބިފައިވަނީ މީޑިއާއިން ކަމަށް ވިދާޅުވިއެވެ.

އެހެން ކަމުން ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާނަމަ އަދި ކޮމިޝަންގެ ނިންމުން ރަނގަޅު ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމާފައިވާނަމަ، އަދި އެ ނިންމުމާއި އެއްގޮތަށް މަޖިލީހުގައި ވޯޓަށް އަހާ ފަނޑިޔާރު ކަމުން ވަކިކޮށްފިނަމަ އެ ހުރިހާ ނިންމުން ވާނީ ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިދޭ ހައްގުތަކުން މަހުރޫމްކޮށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް އާދަމް މުހައްމަދު ސިޓީގައި ވިދާޅުވެފައި ވެއެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަލީބަލީ

ފުރާޅުން ޓިނުނަގައިގެން 2 ފަޑިޔާރުން ދަމާފައި ނެރުނު މައްސަލަ ބަލާފައި ނޫންތޯ މިކަން ބެލޭނީ؟

މަޒް

ބަލަ ޖަމީލު ހޭ ބުއްދި ފިލީތަ؟ ސުޕުރީމް ކޯޓުގެ ފުރާޅު ނަގައިގެން ވަދެ އުއްތަމަ ފަނޑިިޔާރު ހައްޔަރު ކުރި މީހާގެ ދެފައިގަ މިހާރު ތި ދޫލަނީ... އެކަން ފުރަތަމަ ބަލާބަލަ.. ރައްޔިތުން އެއޮތީ ގޮތް ނިންމާފަ.. 69 މެމްބަރުން ނިންމީމާ ދެން އިތުރު ވާހަކައެއް ދައްކާނެކަމެއް ނެތް.. ރައްޔިތުންގެ އަގުލަބިޔަތު ބޭނުންވާ ގޮތް އެނިންމީ...

ޑުދީ

ކިތަ އްމެވަރަކަށް ކެނެރީގެ ބުޅަ އްބެއ ޔަށް ތާ އިދު ކުރިޔަސް އެކަލޭގެ ކާރި އަށް މަލަކަލް މަ އުތު އައ އްނާނެ އޭރުން ތިބޭ އަތް ޖަހަން.

ހާމިން

ތިކަން އެނގޭ، އެކަމަކ ރައަޔިތުން ނުކުންނައް ވެއްޖެ އެއްނު ސަރުކާރުން މިކަހަލަ ހުދުމުހުތާރު ކަންތައް ކުރުން ހުއްޓުވަން

އަޝްރަފު އަލީ

ކުންފުންޏެއް ވަންޏާ މިބަސްތައް ރަގަޅަށް ލިޔެލާ

ލލ

ރައްޔިތުން ރަން ވޯޓް ލާ ދުވަސް އަންނާނެ !

ޙަސަންކާރި

މި ޖަމީލު މހާރު އެހެރީ މޮޔަވެފަ. ޥަންނާނެ ޕާޓީއެއް ބަލައިގަންނާނެ މީހެއްނެތް.

ކަނަމަނަ

ތިޔަ ކެނެރީގެ ނަޝީދު ބޭރުކޮއްގެން ނޫންގޮތަކައް ތިކަންތަކެއްނުވާނެ މިހާރުމިއޮތީ އޮޑިއައްޝައިތާނު އަރާފަ

އއ

މީނަގެ ޖަސްޓިސް މިނސްޓަރ ކަމުގަ ރާއްޖޭގެ ބުޮޑު ކުންފުންނެއް ނުހައްގުން ދެބަޔަށް ބަހާލިވާހަކަ ރަށުތެރޭ މީހުންކިޔާއުޅޭ. އެއީ ތެދެއް ކަމަށްވަންޔާ އެކަން ބެލޭނެ ދުވަހެއްވެސް އެބައޮތް.

ތްރީއޭ

ތްރީއޭ ގެ ވާހަކަ ދޯ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345