މަގުމަތީގެ އެކްސިޑެންޓް

ލައިސަންސް ނެތް މީހަކު ދުއްވި ކާރަކުން ޖެހި އަންހެނަކަށް އަނިޔާވެއްޖެ

ކާރު ދުއްވުމުގެ ލައިސަންސް ނެތް މީހަކު ދުއްވި ކާރަކުން ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.

މިއެކްސިޑެންޓް މިއަދު ހަވީރު 5:00 ހާއިރު ހިނގީ ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު ކުރިމަތީގައެވެ.

މިއެކްސިޑެންޓް ހިނގީ ލައިސަންސް ނެތް މީހާ ދުއްވަމުން ދިޔަ ކާރު، އެ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ.

އެކްސިޑެންޓާ ގުޅިގެން އަނިޔާވެ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ހޯދަނީ ސައިކަލް ދުއްވަން އިން އަންހެން މީހާ އެވެ. އޭނާގެ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

އަނިޔާވި 35 އަހަރުގެ މީހާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ކާރަށްވެސް އަދި ސައިކަލަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.