ރައީސް އަބްދުﷲ ޔާމީން

ބަންޑާރަނައިބާ ދެކޮޅަށް ރައީސް ޔާމީން ކޯޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަވަސް
40%
40%
20%

ބަންޑާރަނައިބާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހަޅުއްވާފައިވާ މައްސަލައެއް، މާދަމާ ހެނދުނު ބޭއްވުމަށް ސިވިލް ކޯޓުގައި ތާވަލުކޮށްފި އެވެ.

މި މައްސަލައަކީ 2022 ވަނަ އަހަރުގެ މައްސަލަ އެކެވެ. މިއީ އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމުގެ ދައުވާ އެކެވެ.

މާދަމާ ހެނދުނު ސިވިލް ކޯޓުގައި މި މައްސަލަ ހިންގުމަށް ތާވަލުކޮށްފައިވަނީ 11 ޖަހާއިރަށެވެ.

ރައީސް ޔާމީންގެ ފަރާތުން ދައުލަތާ ދެކޮޅަށް އުފުލާފައިވާ އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމުގެ ދައުވާ މާދަމާ ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ދައުލަތުން ރައީސް ޔާމީނާ ދެކޮޅަށް އުފުލާފައިވާ ޖިނާއީ ދައުވާއެއް ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަދެ އެވެ.

މީގެއިތުރުން ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ދެ ކުށެއްގެ ހުކުމް، އެ މަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ދެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައިކޯޓުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން އަމުރުކޮށްފަ އެވެ. އެހެންނަމަވެސް އެ މައްސަލަތައް އަދި ކޯޓުގައި އަލުން ނުފަށަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހު، ރައީސް ޔާމީން މިނިވަންކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގައި ވައުދުވެފަ އެވެ. އެހެންނަމަވެސް ވައުދާ އެއްގޮތަށް އެކަން ނުވެ، ދެ ބޭފުޅުންގެ ގުޅުންވަނީ އެއްކޮށް ކެނޑިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910