ފިނިޕޭޖް

މަސްތުކުރާ،

  • ޝޯގެ ބައިވެރިންގެ އަދަދު 10 އަކަށް
  • ނަބާތަށް މި ދަތުރު ވަރަށް ސަޅި
  • ދެން ޝޯއިން ފެންނަނީ ގަދަ 10 ގެ ކުރިމަތިލުން

މޯލްޑިވިއަން އައިޑޮލްގެ ތިންވަނަ ރައުންޑް ކަމަށްވާ ގާލާ ރައުންޑުގެ ދެވަނަ ބުރުން ލަވަކިޔުންތެރިޔާ ފާތިމަތު ނަބަތު ކަޓައިފި އެވެ. ނަބަތު ކަޓާފައިވަނީ ބެލުންތެރިންގެ ވޯޓާއި ޖަޖުންގެ މާކްސް އެއްކޮށްލުމުން އެންމެ ދަށް ނަތީޖާއެއް ލިބިގެންނެވެ.

އިއްޔެ ރޭ ނަބަތު ހުށަހަޅައިދިނީ، "ސާފު ލޯތްބެއް" އެވެ. ނަބަތު މި ލަވައަށް ޖަޖުންގެ ފަރާތުން ލިބުނީ ގޯސް ކޮމެންޓްތަކެއް ނޫނެވެ. މިރޭ ނަބަތު ލަވަ ހުށަހަޅައިދީފައިވަނީ މުހައްމަދު ޒަލީފް އަދި މުހައްމަދު މުއައްޒިމްއާއެކު އެވެ. ހުށަހަޅައިދިނީ "މަސްތުކުރާ" މި ލަވަ އެވެ.

ކުޑައިރުންސުރެ ވެސް މޮޅު ލަވަކިޔުންތެރިއަކަށްވާން ބޭނުންވި ނަބަތު މިރޭ ބުނީ، މޯލްޑިވިއަން އައިޑޮލްގެ ދަތުރަކީ ވަރަށް ސަޅި ދަތުރެއް ކަމަށެވެ. "ވަރަށް ކޫލް ގްރޫޕެއް،"

ނަބްއަތު އަކީ އިސްކަންދަރު ސްކޫލްގައި ކިޔެވިއިރު އިންޓަ ސްކޫލް ކުދިންގެ ލަވަމުބާރާތުގައި ވެސް ވާދަކުރި ކުއްޖެކެވެ. އެކަމަކު ނަބްއަތު އޭނާ ސިފަކުރަނީ އެވްރެޖު ސްޓޫޑެންޓެއްގެ ގޮތުގަ އެވެ. ލަވަކިޔުމުގެ ޝައުގުވެރިކަމެއް އެންމެ ކުޑައިރުއްސުރެން ފެށިގެން އޭނާގެ ކިބައިގައި އަށަގެންފައި ހުރި ނަމަވެސް މިހާތަނަށް އޭނާގެ އެ ހުނަރު ފާހަގަކުރެވިފައި ނެތީ އެހެންވެ ކަމަށް ވެސް ވެދާނެ އެވެ.

ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި ވާދަކޮށް އޭނާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ވާދަކުރި އުމުރުފުރައިން ގަދަ ފަހެއްގައި ލައްވައިލުމެވެ.

ނަބަތު ކަޓައިގެން ގޮސްފައިވާއިރު ޝޯގައި ދެން ބާކީ ތިބީ 10 ބައިވެރިންނެވެ. މި 10 ބައިވެރިންގެ ތެރެއިން ވެސް އެއް ބައިވެރިޔަކު އަންނަ ހަފުތާ ކަޓައިގެންދާނެ އެވެ.

ޝޯގައި މިހާރު ތިބި 10 ބައިވެރިން:

  • ލައިޝާ ޖުނައިދު
  • މުހައްމަދު މުއައްޒިމް
  • އަބްދުﷲ ފާލިހް
  • އިބްރާހިމް އަމާން
  • އަހުމަދު ނަޒީހް
  • އަބްދުﷲ ސޯދިގު
  • ޝަލަބީ އިބްރާހިމް
  • މުހައްމަދު އިޝާން
  • މުހައްމަދު ޒަލީފް
  • ފާތިމަތު އަޒްލީމާ

ގާލާ ރައުންޑު ފެށުމާ އެކު މޯލިވިއަން އައިޑޮލް "ހޫނު" ގަދަވެފައިވާއިރު ބެލުންތެރިން އިތުރަށް ނޭވާ ހިފާޓާލާނެ ފަދަ ކަން ކަން ކުރިޔަށް އޮތް ކަމަށް ޕީއެސްއެމް އިން ބުނެ އެވެ. މިހާރުވެސް ގިނަ ދިވެހިންގެ ހިތް އަތުލާފައި ތިބި 10 ބައިވެރިންގެ ތެރެއިން ފަހަރަކު ބައިވެރިޔެއް ކަޓާގެން ދާ އިރު ޝޯ ފިނި ކޮށްލައި ޖަޖުންގެ ގޮތުގައި ސެލެބްރިޓީޒް ވެސް ގާލާ ރައުންޑުގައި ކުރިއަށް ހުރި އެޕިސޯޑުތަކުން ފެންނާނެ އެވެ.

އަންނަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ ގާލާ ރައުންޑްގެ ތިންވަނަ ބުރު ދައްކާނެއިރު ބެލުންތެރިންނަށް ވޯޓު ދިނުމުގެ ފުރުސަތު ޝޯ ފެށުމާއެކު ހުޅުވިގެންދާނެ އެވެ. ހޮނިހިރު ދުވަހު ހަވީރު ހަތަރެއް ޖަހަންދެން ވޯޓް ދިނުމުގެ ފުރުސަތު ލިބޭނެ އެވެ.