ޓޫރިޒަމް

ޗައިނާއިން އެއްލައްކަ ފަތުރުވެރިން

ޗައިނާއިން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް ލައްކައަށް އަރައިފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި އޮތް ޗައިނާއިން ހޮނިހިރު ދުވަހުގެ ނިޔަލަށް ޖުމްލަ 101،202 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މި މުއްދަތުގައި ރާއްޖެއަށް ޖުމްލަ 895،764 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 11.3 ޕަސެންޓް ފަތުރުވެރިންނަކީ ޗައިނާ ފަތުރުވެރިންނެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ: 101،202 ފަތުރުވެރިން
  • ރަޝިއާ: 90،336 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 85،208 ފަތުރުވެރިން
  • އިޓަލީ: 75،123 ފަތުރުވެރިން
  • ޖަރުމަނު: 72،462 ފަތުރުވެރިން
  • އިންޑިއާ: 53،852 ފަތުރުވެރިން
  • ފްރާންސް: 32،295 ފަތުރުވެރިން
  • އެމެރިކާ: 31،663 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް: 21،434 ފަތުރުވެރިން
  • ޕޮލެންޑް: 17،385 ފަތުރުވެރިން

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.2 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 812،914 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމަށް މި ވަގުތު ރާއްޖޭގައި 174 ރިސޯޓާއި 855 ގެސްޓްހައުސް އާއި 149 ސަފާރީ އުޅަނދާއި 15 ހޮޓާ ދަނީ ހިންގަމުންނެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 62،254 އެވެ.