އެމްއެމްއޭ

އެމްއެމްއޭ އިން އިތުރު ބިމެއް ގަނެފި

މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ހުޅުމާލެއިން 210 މިލިއަން ރުފިޔާއަށް އިތުރު ބިމެއް ގަނެފި އެވެ.

އެމްއެމްއޭ އިން ވަނީ މިދިޔަ އަހަރުވެސް ހުޅުމާލެ އިން 210 މިލިއަން ރުފިޔާގެ ބިމެއް ގަނެެފަ އެވެ.

އޭރުވެސް އަދި ފަހުންވެސް އެމްއެމްއޭ އިން ގަނެފައިވަނީ 43،400 އަކަފޫޓުގެ ބިމެކެވެ.

ހުޅުމާލެ އިން އެންމެ ފުރަތަމަ ބިމެއް ގަތުމަށްފަހު އޭރު އެމްއެމްއޭ އިން ބުނީ އެ ބިން ގަތީ ދައުލަތުގެ ހަޒާނާ ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް އިތުރު ބިން ބޭނުންވާތީ ކަމަށެވެ.

ސިވިލް ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމެއްގައިވާ ގޮތުން އެމްއެމްއޭ އިން ފަހުން ގަނެފައިވާ ބިމަށް އެޗްޑީސީއަށް ފައިސާ ދައްކާފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ.

އެޗްޑީސީ އިން މީގެކުރިން ވަނީ ބޭރު ގައުމުތަކުގެ އެމްބަސީތައް ގާއިމުކުރުމަށާއި އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަށްވެސް ބިން ވިއްކާފަ އެވެ.