ޕާކިސްތާން

ވާހަކަތައް ފަށާނީ ބޭރު ސިފައިން ފޭބުމުން: ތާލިބާން

ތާލިބާނާއި ޕާކިސްތާނު އަސްކަރިއްޔާ އާއި ދެމެދު ކުރަމުންދާ ދާހިލީ ހަނގުރާމަ ހުއްޓާލަން ސުލްހައިގެ ވާހަކަތަކަށް ދަނީ ޕާކިސްތާނުގައި ހަރަކާތްތެރި ބައިނަލް އަގްވާމީ ފައުޖުތަކުގެ ސިފައިން އެގައުމުން ފޭބީމަ ކަމަށް އަދި ހައްޔަރުކޮށްފަިއ ތިބި އެޖަމާއަތުގެ ހަނގުރާމަވެރިން މިނިވަންކުރީމަ ކަމަށް ތާލިބާނުން ބުނެފި އެވެ.

ތާލިބާނުން މިކަން އިއުލާނު ކުރީ 15 އަހަރަށްވުރެ ގިނަ ދުވަސްވީ ދާހިލީ ހަނގުރާމަ ހުއްޓާލަން ސުލްހައިގެ ވާހަކަތައް ފަށަން ޕާކިސްތާނު ސަރުކާރުން ތައްޔާރުވަމުން އައި ދަނޑިވަޅެއްގަ އެވެ.

"ސުލްހައިގެ ވާހަކަތަކަށް އަހަރުމެން ދާނީ ޕާކިސްތާނުގައި ހަރަކާތެރިވަމުންދާ ބޭރުގެ ސިފައިންތައް ފޭބީމަ. އަދި މި ޖަމާއަތުގެ ނަން ބައިނަލް އަގްވާމީ ބްލެކް ލިސްޓުތަކުން ފޮހެލޭ ހައްޔަރުކޮށްފައ ތިބި މި ޖަމާއަތުގެ ހަނގުރާމަވެރިން މިނިވަން ކުރީމަ. އެހެން ނޫނީ މިވާހަކަތަކަކުން ނަތީޖާއެއް ނުނުކުންނާނެ" ތާލިބާނުން ބުނެފައިވެ އެވެ.

ޕާކިސްތާނު ސަރުކާރުން އަފްގާނިސްތާނާއި ޗައިނާ އަދި އެމެރިކާ އާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު މިހަފްތާގެ ތެރޭގައި ސުލްހައިގެ ވާހަކަތައް ފެށޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ޕާކިސްތާނުގެ ހަރަކާތްތެރިވާ ތާލިބާން ޖަމާއަތަށް އަފްގާނިސްތާނުންވަނީ ސުލްހައިގެ ވާހަކަތަކަށް މޭޒުދޮށަށް ހާޒިރުވިމަށް ތަކުރާރުކޮށް ގޮވާލާފަ އެވެ. ސުލްހައިގެ ވާހަކަ ތަކުގެ ފުރަތަމަ ބުރު މިދިޔަ އަހަރުވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ބުރު ކުއްލި ގޮތަކަށް މެދު ކަނޑާލާފާއިވަނީ ތާލިބާންގެ ލީޑަރު މުއްލާ އުމަރު މަރާލިކަން އިއުލާނު ކުރުމުންނެވެ.

ފަނަރަ އަހަރަށްވުރެ ގިނަ ދުވަސްވީ ދާހިލީ ހަނގުރާމައިގެ ސަބަބުން ޕާކސިްތާނުގެ އިގްތިސާދަށްވެސް ވަނީ ބޮޑު ހީނަރުކަމެއް އައިސްފަ އެވެ.