ޕާކިސްތާން

ދަރިވަރުންގެ އިހުތިޖާޖާ ގުޅިގެން ޕާކިސްތާންގެ ތައުލީމީ މަރުކަޒުތައް ބަންދު

ޕާކިސްތާނުގެ ބަލޫޗިސްތާން ސޫބާގައި ދަރިވަރުން އިހުތިޖާޖް ކުރަނީ
100%
0%
0%

ޕާކިސްތާނުގެ ބަލޫޗިސްތާން ސޫބާގައި ދަރިވަރުންގެ އިހުތިޖާޖު ވަރުގަދަ ކުރުމުން އެ ސަރަހައްދުގެ އެންމެހައި ސްކޫލްތަކާއި ކޮލެޖުތައް ވަގުތީގޮތުން ބަންދުކުރުމަށް ޕާކިސްތާނު ސަރުކާރުން ނިންމައިފި އެވެ.

މިއީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކޮށް ނިންމި ނިންމުމެކެވެ.

މި އިހުތިޖާޖުތައް ފަށާފައިވަނީ ޕަންޖާބު ކޮލެޖު ފޯ ވިމެންގެ ކެމްޕަހެއްގައި އަންހެން ދަރިވަރަކު ރޭޕްކުރި މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ސެކިއުރިޓީ ގާޑެއް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މައްސަލައިގެ ޝިކާރައަކަށްވީ ދަރިވަރު އަދި ފާހަގައެއް ނުކުރެވެ އެވެ.

މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަނީ އަންހެން ދަރިވަރުންނެވެ. ދަރިވަރުން ދަނީ ތައުލީމީ ދާއިރާގެ ތެރޭގައި ކޮރަޕްޝަނާ ހެދި ތައުލީމީ ފެންވަރު ދަށްވެފައިވާ ކަމަށް ބުނެ އިހުތިޖާޖު ކުރަމުންނެވެ. އަދި ސަރުކާރުން ދޭންޖެހޭ އެހީތެރިކަން ނުލިބޭ ކަމަށްވެސް ދަރިވަރުން ބުނެ އެވެ.

ރޭޕްގެ މައްސަލަ އާއި ގުޅިގެން މިހާތަނަށް 380 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރާވަލްޕިންޑީގެ ފުލުސް އޮފިސަރު ސައިދު ޚާލިދު މެހްމޫދު ހަމްދާނީ މީޑިއާއަށް ވިދާޅުވެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ދަރިވަރުންގެ ހައްގުތަކަށް އިހުތިރާމްކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ޕާކިސްތާން ސަރުކާރަށް ގޮވާލާފައިވެ އެވެ.

ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި މައްސަލައިގެ ސީރިއަސް ކަމަށް ބަލައި، ސަރުކާރުން ވަނީ ދަރިވަރުންނާ މަޝްވަރާކުރުމަށް ތައްޔާރަށް ތިބި ކަމަށްވެސް ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345