ރައީސް މުހައްމަދު ނަޝީދު

މަރުގެ އިންޒާރަކާއެކު އަމާލްގެ ސެކިއުރިޓީ ވަރުގަދަކޮށްފި

މަރުގެ އިންޒާރަކަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްލަގުވާމީ ވަކީލު އަމާލް ކްލޫނީގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ މެޓްރޯގައި ބުނެފައި ވަނީ 38 އަހަރުގެ އަމާލްއަށް މަރުގެ އިންޒާރުތަކެއް ލިބުމާއިއެކު 24 ގަޑިއިރު ސެކިއުރިޓީ އިން ބަލަހައްޓަން ފަށާފައިވާ ކަމަށާއި ކައިރި ރެސްޓޯރަންޓަކަށް ދާން ބޭނުންވި ނަމަވެސް ސެކިއުރިޓީ އިން ތިބޭ ކަމަށެެވެ.

އަމާލް އަށް އައި މަރުގެ އިންޒާރާއި ބެހޭ ތަފްސީލެއް އެ ނޫހުގައި ހާމަމޮށްފައެއް ނުކުރެއެވެ. އެހެން ނަމަވެސް އޭނާއަށް މަރުގެ އިންޒާރުތައް އައީ ނަޝީދުގެ މައްސަލާގައި ވަކާލާތު ކުރަން ފެށިފަހުން ކަމަށް ބުނެފައި ވެއެވެ.

މި އިންޒާރުތަކާއި ގުޅިގެން އަމާލްއާއި އޭނާ ފިރިމީހާ ދިރި އުޅޭ ގެކައިރީ ކެމެރާ ހަރުކުރަން ހުއްދައަށް އެދިފައިވާ ކަމަށް އެނޫހުގައި ބުނެފައިވެއެވެ. އަމާލް ދިރިއުޅޭ ސަރަހައްދުގެ ކައުންސިލަރު ޕައުލް ހޭރިސަން ވިދާޅުވީ އަމާލްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރީ ގާނޫނީ ގޮތުން އޭނާ ކުރަމުން އަންނަ މަސައްކަތުގެ ސަބަބުންނާއި މަރުގެ އިންޒާރާ ގުޅިގެން ކަމަށެވެ. އަދި ދާދި އަވަހަށް ކެމެރާތައް ހަރުކުރެވޭނެ ކަމުގެ އިޝާރާތެއް ވެސް އޭނާ ވަނީ ދެއްވާފައިވާ ކަމަށް އެނޫހުގައި ބުނެއެވެ.

އަމާލް ކްލޫނީ ދާދިފަހުން ވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައި ރާއްޖޭގެ ސަރުކާރަށް ވަރަށް ބޮޑަށް ފާދުވިދާޅުވެ، ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.