ކްރިމިނަލް ކޯޓް

އެމްޑަބްލިއުއެސްސީއިން ވައްކަންކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

އެމްޑަބްލިއުއެސްސީގެ އިމާރާތަކުން ވައްކަންކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި ދެ މީހުން ވަގަށް ނަގާފައިވަނީ ނަރުތަކެއް ކަމަށް މައްސަލަ ހުށަހެޅި އެމްޑަބްލިއުއެސްސީގެ މުވައްޒަފު ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

މައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ ދެމީހުންގެ 15 ދުވަސް ދީފަ އެވެ.

މި މައްސަލައިގައި ފުލުހުން ކޯޓަށް ހުށަހެޅި ސީސީޓީވީ ފުޓޭޖާއި ކަންހިނގާ ދިޔަ ގޮތުގެ ރިޕޯޓުގެ އަލީގައި ބަންދުގައި 15 ދުވަހު ބޭތިއްބުމަށް ކޯޓުން އަމުރުކުރީ 33 އަހަރައި 43 އަހަރުގެ ދެ ދިވެހި ފިރެހެނުންނެވެ.