މަސްވެރިން

ފައިސާ ނުދައްކާ މަސް ދޯނި ފަހަރު އަނބުރާ ނަގަނީ

ދިގު މުއްދަތުގައި އަގު ދައްކާ ނިންމާގޮތަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ މަސްދޯނި ތަކަށް ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން އަނބުރައި އެ މަސްދޯނިތައް ނެގުމުގެ މަސައްކަތް އެމިނިސްޓްރީން ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިމަހުގެ ތިން ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ފައިސާ ދައްކަން ސަރުކާރުން ދިން ފުރުސަތުތަކުގައި ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް ދޫކޮށްފައިވާ ދޯނިފަހަރުގެ އެގްރީމަންޓް ބާތިލުކޮށް، ދޯނިފަހަރު އަނބުރާ ސަރުކާރަށް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މަސްދޯނިތަކަކީ ރާއްޖޭގެ މަސްވެރިކަން ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން 1997 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން ދޫކޮށްފައިވާ މަސްދޯނި ތަކެކެވެ.

މިގޮތަށް ދިގު މުއްދަތުގައި ފައިސާ ދައްކާ ގޮތަށް މި މިނިސްޓްރީން ދޯނި ދޫކޮށްފައިވާ ފަރާތްތަކުން ދޯނީގެ އަގަށް ދައްކަންޖެހޭ ފައިސާ، ދައްކައި ނިންމުމަށް އެ މިނިސްޓްރީން އެދިވަޑައިގަންނަވަ އެވެ.