މި އަހަަރުގެ އަޟްހާ އީދު ބަންދުގައިވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
ދިވެހި ޕާސްޕޯޓުގެ ހިދުމަތްތައް މާލެ އިމިގްރޭޝަން އޮފީހުން އީދުގެ ފުރަތަމަ ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގައި -- 17 ޖޫން އިން 20 ޖޫން އަށް ލިބެން ހުންނާނެ ގޮތްވެސް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފަ އެވެ.
އިމިގްރޭޝަނުން ބުނީ އީދު ބަންދު ދުވަސްތަކުގައި އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި އެމަޖެންސީ ހާލަތްތަކުގައި ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް އިމިގްރޭޝަންގެ ކައުންޓަރުން ހިދުމަތް ދޭނީ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ކަމަށެވެ.
އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެ އެވެ.
ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުން އީދުގެ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 4:00 އަށް ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަންގެ އޮފިީހުން ލިބޭނެ ކަމަށްވެސް ބުންޏެވެ.