ރައްޔިތުންގެ މަޖިލިސް

ޗައިނާ ސަރުކާރަށް ލަފާ ދެއްވާ، ބަޓީ ރާއްޖެ ވަޑައިގެންފި

ޗައިނާ ސަރުކާރަށް ލަފާ އަރުވާ ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއާމަން -- ބަޓީ ރާއްޖެ ވަޑައިގެންފި އެވެ.

ބަޓީ މިއަދު ރާއްޖެ ވަޑައިގަތީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ބަޓީއަށް މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމާއި މަޖިލީހުގެ އިސްވެރިންނާއި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ބައެއް އިސްވެރިންނެވެ.

ބަޓީގެ މިދަތުރުފުޅުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ މާދަމާ ބައްދަލުކުރައްވާނެ އެވެ. އަދި ކުރިއަށް އޮތް ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާނެ އެވެ.

ބަޓީ ރާއްޖެއަށް ވަޑައިގެންނެވި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ކޮބައިކަމެއް އެނގިފައެއް ނުވެ އެވެ.