ދުނިޔެ

ލޫޒިޔާނާ ސްޓޭޓް ޕްރައިމަރީ ހިލަރީއަށް

އިއްޔެ ލޫޒިއާނާ ސްޓޭޓްގައި ބޭއްވި ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ވޯޓު ދިން މީހުންގެ 71.2 ޕަސެންޓް ވޯޓާއެކު ހިލަރީ ކްލިންޓަން ކާމިޔާބު ކޮށްފި އެވެ.

ބާނައީ ސޭންޑާސް އާއި ވާދަކޮށް ހިލަރީ ކުރި ހޯދާފައި ވާއިރު ސޭންޑާސް އަށް ލިބުނީ 23.1 ޕަސެންޓު ވޯޓެވެ.

ވޯޓްލައި ނިމުނުތާ 15 ވަރަކަށް މިނިޓްގެ ތެރޭގައި އިންތިހާބުގެ ނަތީޖާ ވަނީ އިއުލާނުކޮށްފަ އެވެ. އިންތިހާބުގެ ކުރިން ބޭއްވި ހިޔާލު ހޯދުމުގެ ނަތީޖާ އިން ވެސް ހިލަރީ އެ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަމަށް ވަނީ ދައްކާފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ހިލަރީ އެ ނަތީޖާ ހޯދުމުގައި އެ ކަމަނާގެ ފިރިކަލުން އަދި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ވަނީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ރެލީތަކެއް ބާއްވާފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ލަފާކުރެވޭ އަނެއް ކެނޑިޑޭޓަކީ މަޝްހޫރު ބިލިއަނަރު ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕް ވާދަކުރައްވަނީ ރިޕަބްލިކަން ޕާޓީގެ ފަރާތުންނެވެ.