އިލަން މަސްކް

މަސްކްގެ ތުހުމަތާއެކު އެޕަލްގެ ހިއްސާގެ އަގު ވެއްޓިއްޖެ

އިލޮން މަސްކު އެޕަލް ކުންފުންޏާ ގުޅުވައިގެން އެކްސްގައި ކުރި ޕޯސްޓްތަކަކާ ގުޅިގެން ހިއްސާގެ ބާޒާރުގައި އެޕަލް ކުންފުނީގެ ހިއްސާގެ އަގު ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަސްކް އެކްސްގައި ޕޯސްޓްތަކެއް ކުރެއްވީ އޯޕަންއޭއައި އާއެކު އެޕަލްއިން ހެދި އެއްބަސްވުމުގެ ދަށުން އެޕަލްގެ ޑިވައިސްތަކުގައި އެ ޓެކްނޮލޮޖީ ހިމަނައިފިނަމަ މަސްކްގެ ކުންފުނިތަކުން އެޕަލްގެ ޑިވައިސްތައް ބޮއިކޮޓް ކުރާނެ ކަމަށް ބުނެ އެވެ.

އޯޕަންއޭއައިއަށް މިފަހުން އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ޗެޓްޖީޕީޓީ އުފެއްދުމުގެ ސަބަބުންނެވެ. މި މީހުންގެ މައިގަނޑު މަސައްކަތަކީވެސް މަސްނޫއީ ވިސްނުން -- އާޓިފިޝަލް އިންޓެލިޖެންސް ތަރައްގީކުރުމެވެ.

މަސްކް ތުހުމަތުކުރި ގޮތުގައި އެޕަލް އިން އުޅެނީ އެ ކުންފުނީގެ އުފެއްދުން ތަކުގައި ހިމެނޭ "އޭއައި"ގެ ބާރުތައް އެހެން ބައެއްގެ އަތް މައްޗަށް ދޫކޮށްލާށެވެ.

މަސްކްގެ ޕޯސްޓްތަކާ ގުޅިގެން އެޕަލްގެ ހިއްސާއެއްގެ އަގު ތިން އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ފޯބްސްގައި ރިޕޯޓުކޮށްފައިވެ އެވެ.

މަސްކްގެ ޕޯސްޓްތަކުގެ ކުރިން އެޕަލްގެ ހިއްސާއެއް ވިއްކަމުން ދިޔައީ 194 އެމެރިކާ ޑޮލަރަށެވެ. ނަމަވެސް ހިއްސާއެއްގެ އަގު މިހާރު ވަނީ 191.56 އެމެރިކާ ޑޮލަރަށް ވެއްޓިފަ އެވެ.

މަސްކްގެ ޕޯސްޓްތަކާ ގުޅިގެން އެޕަލްގެ ސީއީއޯ ޓިމް ކުކް ބުނީ އެހެން ކުންފުންޏަކާ އެކު ޑީލެއް ނުހަދާ ކަމަށާއި އެޕަލް އިން އެމީހުންގެ އަމިއްލަ "އޭއައި" އެއް އުފައްދާފައިވާ ކަމަށެވެ. އެޕަލްގެ އުފެއްދުންތަކުގައި ބޭނުންކުރާނީ އެޕަލް އިންޓެލިޖަންސްގެ "އޭއައި" ކަމަށްވެސް ބުންޏެވެ.