ދިރާގު

ދިރާގުން ޓެކްސީތަކަށް ވައިފައި ލިބޭ ހާއްސަ އީދު ޕްރޮމޯޝަނެއް

ޓެކްސީތަކުން ދަތުރުކުރާ އިރު ޕަސެންޖަރުންނަށް ހަލުވި ސްޕީޑްގައި އިންޓަނެޓް ކަނެކްޓިވިޓީ ލިބޭނެ ހާއްސަ އީދު ޕްރޮމޯޝަނެއް ދިރާގުން ލޯންޗުކޮށްފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ޓެކްސީ ޑްރައިވަރުންނަށް ހިލޭ މައިފައި ޑިވައިސްއަކާ އެކު މުޅިން ހިލޭ 10ޖީބީ ޑޭޓާވެސް ލިބޭނެ އެވެ. އަދި މި މައިފައި ޑިވައިސްގެ ޒަރިއްޔާއިން ޓެކްސީ ޑްރައިވަރުންނަށް ދަތުރު ކުރާ ފަރާތްތަކަށް ފަސޭހަކަމާ އެކު އިންޓަނެޓް ފޯރުކޮށްދެވޭނެ އެވެ.

މާލެ ސަރަހައްދުގައި ތައާރަފްކުރި މި ހާއްސަ ޕްރޮމޯޝަނާ އެކު ޓެކްސީ ޑްރައިވަރުންގެ އިތުރުން ޕަސެންޖަރުންނަށްވެސް އިތުރު ލުއިފަސޭހަކަމާއި އަވަސް މުއާމަލާތްތައް ކުރުމުގެ މަގުފަހިވެގެންދާނެ އެވެ.

މި ޕްރޮމޯޝަން މުއްދަތު ތެރޭގައި ޓެކްސީ ޑްރައިވަރުން އެފަރާތްތަކުގެ ޓެކްސީ ކާޑު ހިފައިގެން މާލެ ނުވަތަ ހުޅުމާލޭގައި ހުންނަ ދިރާގު ކަސްޓަމަ ސާވިސް ސެންޓަރަށް ޒިޔާރާތްކުރުމުން ހިލޭ މައިފައި ޑިވައިސް ލިބޭނެ އެވެ. ކުރިއަށް ޖުލައި 31ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި އިސްކަންދެނީ ދިރާގަށް ފުރަތަމަ ދާ ޑްރައިވަރުންނަށެވެ.

ދިރާގުން ބުނީ އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު ގިނަ އާ އޮފާތައް ހުރިހާ އުމުރު ފުރައަކަށް އެކަށޭނެގޮތަށް ފަރުމާކޮށް އަދި ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.