އެޗްޑީސީ

ހުޅުމާލޭގައި ކުލަގަދަކޮށް އީދު ފާހަގަކޮށްފި

ހުޅުމާލޭގައި މިއަދު ބޭއްވި މާލި ޕެރޭޑް -- ފޮޓޯ: އެޗްޑީސީ
0%
0%
0%

ހުޅުމާލޭގައި އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

"މައި ހުޅުމާލެ އީދު އުފާ ޕަވާޑް ބައި ދިރާގު" ގެ ނަމުގައި ކުރިއަށްގެންދާ އީދު ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ހުޅުމާލޭގައި ވަނީ ކުޑަކުދިންގެ ހަވީރަކާއި މާލި ޕެރޭޑެއް ބާއްވާފަ އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު ދެއަކުން ފެށި މާލި ޕެރޭޑް ނިންމާލާފައިވަނީ ސެންޓްރަލް ޕާކަށެވެ.

މީގެ އިތުރުން ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފަ އެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި މާލި ޕެރޭޑް -- ފޮޓޯ: އެޗްޑީސީ

އީދު ފާހަގަކުރުމުގެ ގޮތުން މިރޭ އާއި މާދަމާވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން މިރޭ 8:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޮޑުމަސް ބޭނުމުގެ ހަރަކާތެއް އޮންނާނެ އެވެ. މީގެ އިތުރުން ސެންޓްރަލް ޕާކްގައި މިރޭ 9:00 ގައި ހަވާ އެރުވުންވެސް އޮންނާނެ އެވެ.

އީދު ފާހަގަކުރުމުގެ ގޮތުން މާދަމާވެސް ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ރާވާފަ އެވެ.

އީދު ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސްގެ ފަރާތުން 160 ސީސީ އެއާ ބްލޭޑް ސައިކަލެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީ އިން ބުނެ އެވެ.

މި ލަކީޑްރޯގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ ޖޫން 17 ވަނަ ދުވަހު ހަވީރު 6:00 ގައި ސެންޓްރަލް ޕާކްގަ އެވެ.

މީގެ އިތުރުން ދިރާގު އީދު ޝޯ އެ ރޭ 8:30 ގައި ސެންޓްރަލް ޕާކްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345