ކުޑަކުދިންގެ ރީތިވާ ސާމާނު އުފައްދާ ކުންފުނި -- ޖޯންސަން އެންޑް ޖޯންސަން އިން ކަސްޓަަރުންނަށް އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ކަސްޓަމަރުންނަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 700 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ އެވެ.
ކުޑަކުދިންގެ ރީތިވާ ސާމާނު އުފައްދާ އެމެރިކާގެ ކުންފުނިން އުފައްދާ ކުޑަކުދިންގެ ފުށުން ނުވަތަ ބޭބީ ޕައުޑަރުން ގެންލުންވާ ކަމަށް ބުނެ ބަޔަކު ވަނީ އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށައަޅާފަ އެވެ.
ޖޯންސަން އިން އުފައްދައި މާކެޓު ކުރާ ބޭބީ ޕައުޑާގެ އިތުރުން އެހެން އުފެއްދުންތަކުގައިވެސް ކެންސަރަށް މަގުފަހި ކުރުވާ މާއްދާތަކެއް އެކުލެވޭ ކަމަށް އެކުންފުންޏާ ދެކޮޅަށް ހުށަހަޅާފައި ދައުވާގައި ބުނެފައިވެ އެވެ. ޖޯންސަން ކުންފުނިން އެކަން ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ދައުވާގައިވެ އެވެ.
އެމެރިކާގެ 40 އަށް ވުރެ ގިނަ ސްޓޭޓުތަކުގައި ޖޯންސަން ކުންފުންޏާ ދެކޮޅަށްް ތަހުގީގުތައް ހިންގަމުންދާ ކަމަށް އަލްޖަޖީރާ އިން ރިޕޯޓު ކޮށްފައި ވެއެވެ.
އެތައް ބިލިއަން ޑޮލަރުގެ އަގުހުރި ތަކެތި އުފައްދާ ޖޯންސަން ކުންފުނިން އުފައްދާ ކޮސްމެޓިކްސްގެ ހުރިިހާ ބާވަތެއް އުފެއްދުމާއި މާކެޓުކުރުން މަޑުޖައްސާލަން ނިޔުޔޯކުގެ އެޓާނީ ޖެނެރަލްގެ އޮފީހުން އަންގާފައި ވެއެވެ.
އެމެރިކާ އާއި ކެނެޑާގެ ސުޕަމާކެޓުތަކުގައި ހުރި ޖޯންސަންގެ ބޭބީ ޕައުޑާ އުފެއްދުންތައް ނަގާފައިވާ ކަމަށްވެސް އެކުންފުނިން ބުނެފައި ވެއެވެ.
ޖޯންސަން ކުންފުނިން ބުނީ ގެއްލުންވި ހުރިހާ ކަސްޓަމަރުންނަށް ބަދަލުގެ ގޮތުގައި 6 ބިލިއަން އެމެރިކާ ޑޮލަރު ދައްކަން އެކުންފުނިން ތައްޔާރަށް އޮތް ކަމަށެވެ.
އެމެރިކަން މެޑިކަލް އެސޯސިއޭޝަނުން 2020 ވަނަ އަހަރު ހެދި ދިރާސާއެއްގައި ދައްކާ ގޮތުގައި ޖޯންސަންގެ ބޭބީ ޕައުޑާ ބޭނުން ކުރުމުގެ ސަބަބުން އެ ގައުމުގެެ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހިފައި ވެއެވެ.
ދިވެހިރާއްޖޭގައިވެސް ޖޯންސަން ކުންފުނީގެ އުފެއްދުންތައް ވަރަށް ގިނަ އަދަދަކަށް ބޭނުން ކުރަމުންދެ އެވެ. ކުޑަކުދިންގެ ރީތިވާ ސާމާނު ވިއްކާ ފިހާރަތަކުގެ ހަރުތަކުގައި އެކުންފުނީގެ އުފެއްދުންތައް ވަރަށް ތިޔާގި އެވެ.
ޖޯންސަންގެ ބޭބީ ޕައުޑަރުގައި ކެންސަރަށް މަގުފަހިވާ މާއްދާތައް އެކުލެވޭކަމަށް އެމެރިކާގެ ދިރާސާތަކުން ދައްކާތީ އެ ގައުމުގެ ގިނަ ސްޓޭޓުތަކެއްގައި އެކުންފުނީގެ ބޭބީ ޕައުޑަރު ވިއްކުން މަނާކޮށްފައިވެ އެވެ. ނަމަވެސް ތިންވަނަ ދުނިޔޭގެ ގައުމުތަކަށް އެކުންފުނީގެ އުފެއްދުންތައް ބޭރުކުރާ މިންވަރު ދައްކޮށްފައި ނުވާކަން ފާހަގަކުރެވެ އެވެ.