ދުނިޔެ

ޗައިނާއިން އެކްސްޕޯޓު ކުރި މިންވަރު ރެކޯޑް އަދަދަކަށް ދަށަށް

Mar 9, 2019
2

ބެއިޖިންގް (މާޗް 9) - މިދިޔަ ފެބްރުއަރީ މަހު ޗައިނާ އިން މުދާ އެކްސްޕޯޓު ކުރި މިންވަރު ފާއިތުވި ތިން އަހަރާއި އަޅާ ބަލާއިރު، ރެކޯޑް އަދަދަކަށް ދަށްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން، އެމެރިކާއެކު ވިޔަފާރި ހަނގުރާމައެއް ކުރަމުންދާ ޗައިނާއިން މުދާ އެކްސްޕޯޓު ކުރި މިންވަރު ވަނީމިދިޔަ އަހަރާއި އަޅާބަލާއިރު 20.7 ޕަސަންޓް ދަށަށް ގޮސްފައި އެވެ.

އެކްސްޕޯޓުގެ އިތުރުން، ޗައިނާއިން މުދާ އެތެރެކުރި މިންވަރު ވެސް 5.2 ޕަސަންޓް ދަށްވުމާއި ގުޅިގެން އެކަމުގެ ލޮޅުން ވަނީ ދުނިޔޭގެ ހިއްސާ ބާޒާރަށްވެސް ކޮށްފައި އެވެ.

މިދިޔަ ޖުލައި މަހު އެންމެ ފުރަތަމަ އެމެރިކާ އިން 25 ޕަސަންޓަށް ޓެކްސް ބޮޑުކޮށްފައިވަނީ ޗައިނާ އިން އެތެރެކުރާ 34 ބިލިއަން ޑޮލަރުގެ މުދަލުންނެވެ.

އޭގެ ފަހުން، އޯގަސްޓް މަހު އިތުރު 16 ބިލިއަން ޑޮލަރުގެ މުދަލުން ވެސް ވަނީ ޓެކްސް ބޮޑުކޮށްފަ އެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގުތިސޯދުން އެކްސްޕޯޓު ކުރާ މުދަލުގެ އަދަދު ދަށްވެފައިވަނީ އެކަމުގެ ސަބަބުން ކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފައި އެވެ.