އީދު ފާހަގަ ކުރުން

މާލޭ ސަރަހައްދުގައި ބޮޑު ޖަމާއަތް 6 ސަރަހައްދެއްގައި

އަޟްހާ އީދުގައި މާލެ ސަރަހައްދުގައި ހަ ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އެގޮތުން ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން މާލެ ސަރަހައްދުގައި ކުރިއަށްދާނީ ސަލްމާން މިސްކިތް، އިސްލާމީ މަރުކަޒު، މާފަންނު ސްޓޭޑިއަމް، ވިލިމާލެ ބޯޅަ ދަނޑު، ހުޅުމާލެ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކް އަދި ފޭސް ދޭއްގައެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ އީދު ނަމާދުގެ ވަގުތާ ދިމާކޮށް ވިއްސާރަަ ވެހޭނަމަ ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރާނެ ކަމަަށާއި އެގޮތަށް ހާލަތު ދިމާވެއްޖެނަމަ އާންމު ގޮތެއްގައި ހުކުރު ކުރާ މިސްކިތްތަކުގައި އީދު ނަމާދު ކުރާނެ ކަމަށެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާ މީހުން އެކަމަށް ތައްޔާރުވެގެން ޖަމާއަތަށް ދިއުމަށާއި ގޮނޑި ބޭނުންވާނަމަ ގެއިން ގޮނޑި ހިފައިގެން ދިއުމަށްވެސް މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.

މާލޭ ސަރަހައްދުގައި ބޮޑުޖަމާއަތުގެ އިތުރުން 28 މިސްކިތެއްގައިވެސް އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.