ދިރާގު

ދިރާގުން ޔޫރޯ އާއި އީދަށް މުޅިން އާ އޮފަތަކެއް ލޯންޗުކޮށްފި

ދިރާގުން ޔޫރޯ 2024 އަދި އަޟްހާ އީދުގެ މުޅިން އައު އޮފަތަކެއް ލޯންޗުކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި އޮފަތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ދިރާގުގެ މެނޭޖަ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހް އާދަމް ވިދާޅުވީ ޔޫރޯ 2024 އާއި އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން މުޅިން އައު، ހިތްގައިމު އޮފަތަކެއް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަކީ އެ ކުންފުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެގޮތުން މި ހާއްސަ ޕްރޮމޯޝަންތަކާ އެކު ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން އަދި އީދުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރަށް ކުލަގަދަކޮށް، ފުރިހަމަކަމާ އެކު ގެނެސްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރަން،" ޝާރިހް ވިދާޅުވި އެވެ.

ޔޫރޯ 2024އާ ގުޅުވައިގެން ދިރާގުން ހާއްސަ ތިން ޕްރޮމޯޝަނެއް ލޯންޗުކުރުމަށް ހަމަޖެހިފައިވެ އެވެ.

ސޮނީ ލިވް ޕްރިމިއަމް އެކްސެސް:

* ޔޫރޯ 2024ގެ ހުރިހާ މެޗެއް އޮންލައިންކޮށް ބަލާލުމަށްޓަކައި ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވް ޕެކާ އެކު 80ޖީބީގެ ޑޭޓާ އަދި ޔޫރޯ 2024ގެ އޮފިޝަލް ސްޓްރީމިން ޕާޓްނަރު، ސޮނީ ލިވްގެ 30 ދުވަހުގެ ޕްރިމިއަމް އެކްސެސް 80 ރުފިޔާއަށް ލިބޭނެ އެވެ.
* 60 ރުފިޔާއަށް ސޮނީލިވްގެ ސްޓޭންޑަލޯން 30 ދުވަހުގެ ސަބްސްކްރިޕްޝަނެއްވެސް ހޯދޭނެ އެވެ.
* ދިރާގުން އާ ޕްރީޕެއިޑް ޕްލޭނެއް ނަގާ ފަރާތްތަކަށް 30 ދުވަހުގެ ހިލޭ ސޮނީ ލިވް ޕެކް ލިބޭނެ އެވެ. އަދި އައު ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ހުރިހާ ކަސްޓަމަރުންނަށް ކަނެކްޝަން ނަގާ މަހާއި ޖެހިގެން އަންނަ މަހުގައި ހިލޭ ސޮނީ ލިވް ޕެކް ލިބޭނެ އެވެ.

މެޗް ޕާސް:

30 ރުފިޔާއަށް 30ޖީބީ ލިބޭ ޚާއްސަ އެޑް-އޮންއެއް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ޔޫރޯގެ މެޗުތައް ކުރިއަށްދާ ވަގުތުގައި ނެގޭނެ އެވެ. ދެ ގަޑިއިރުގެ ވެލިޑިޓީގެ މި އެޑް-އޮން ކޮންމެ ނަމްބަރަކަށްވެސް ނެގޭނީ މެޗު ކުރިއަށްދާ ވަގުތުގައި އެއްފަހަރު އެވެ.

ޖެހީ ލިބުނީ ޖީބީ:

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް އެ މީހަކު ސަޕޯޓް ކުރާ ޓީމް ގޯލެއް ޖެހުމުން ހިލޭ 1 ޖީބީ ޑޭޓާ (ކޮންމެ މެޗަކަށް ޖުމްލަ 5ޖީބީ ޑޭޓާއާ ހަމައަށް) ލިބޭނެ އެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ސަޕޯޓުކުރާ ޓީމް ރަޖިސްޓާ ކުރެވޭނެ އެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ޓީމް ރަޖިސްޓާ ކުރެވޭނީ އެއް ފަހަރު އެވެ.

އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ ހާއްސަ ދެ އޮފައެއްވެސް ތައާރަފްކޮށްފަ އެވެ.

އަޕްގްރޭޑަޑް 100ޖީބީ ޑޭޓާ ޕެކް:

އީދުގެ މުއްދަތު ތެރޭގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ 7 ދުވަސް ޕެކާ އެކު އިތުރު 50ޖީބީ (ޖުމްލަ 150ޖީބީ) އިތުރު އެއްވެސް އަގަކާ ނުލައި ލިބޭނެއެވެ. 22 ޖޫން 2024 ގެ ނިޔަލަށް މި އޮފަރ ކުރިއަށްދާނެއެވެ.

ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓަ:

ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ވަކި ބޫސްޓާތަކާ އެކު އިތުރު ޑޭޓާ ލިބޭނެ އެވެ. މި އޮފަ ކުރިއަށް ދާނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގުން ބުނީ އަބަދުވެސް އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ހިތްގައިމު އާ އޮފަތަކާ އެކު ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ކަމަށެވެ.