ދުނިޔެ

އެމިރޭޓްސް 1.5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

އެމެރިކާގެ ފްލައިޓްތައް ދަތުރުކުރުން މަނާ ސަރަހައްދުގައި އެމިރޭޓްސް ފްލައިޓްތަކެއް ދަތުރުކުރި މައްސަލައެއްގައި، އެމެރިކާގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން 1.5 މިލިއަން ޑޮލަރުން އެމިރޭޓްސް ޖޫރިމަނާކޮށްފި އެވެ.

މިވަރުގެ އަދަދަކުން އެމިރޭޓްސް ޖޫރިމަނާކުރަން ޖެހުނީ، އެމެރިކާގެ އެއާލައިނެއް ކަމަށްވާ ޖެޓްބްލޫގެ ޑިޒައިނާ ކޯޑުގައި -- އެމެރިކާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ ދެމެދު ކުރި ދަތުރުތަކެއްގެ ސަބަބުންނެވެ.

އެމިރޭޓްސްގެ ތަރުޖަމާން ވިދާޅުވީ އެއީ އެމިރޭޓްސްއިން ކުރި ދަތުރުތަކެއް ކަމަށެވެ. ދަތުރުތައް މަނާ ސަރަހައްދެއްގައި -- މަނާ އުސްމިނެއްގައި ކުރަން ޖެހުނީ އެއަށްވުރެ މަތީގައި އަދި ތިރީގައި ދަތުރުކުރަން އެއާ ޓްރެފިކް ކޮންޓޯލް (އޭޓީސީ) އިން ހުއްދަ ނުދިނުމުން ކަމަށެވެ.

ތަރުޖަމާން ވިދާޅުވީ އޭޓީސީގެ ހުއްދަ ނެތި އެމެރިޓޭސްގެ ޕައިލެޓުން އަމިއްލައަށް މަގު އިހްތިޔާރު ނުކުރާނެ ކަމަށެވެ.

އޭޓީސީ އަކީ ހުރިހާ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ މުއައްސަސާއަކަށް ވާތީ އެ މީހުންނަށް އިތުބާރުކުރީ ކަމަށްވެސް އެމިރޭޓްސްއިން ބުންޏެވެ.

އެމިރޭޓްސްއިން ކޯޑް ޝެއާކޮށްގެން ދަތުރުކުރުމާ ބެހޭ ގޮތުން ޖެޓްބުލޫއާ ސުވާލުކުރުމުން ނޫސްތަކަށް އެއްވެސް މައުލޫމަތެއް ނުދިނެވެ.

އެމިރޭޓްސްއާ ޖެޓްބުލޫއާ ދެމެދު ކޯޑްކުރަން ހެދި އެއްބަސްވުމުގެ މުއްދަތު 2022 ގައި ވަނީ ހަމަވެފަ އެވެ. މި ދަތުރުތަކެއް ކޮށްފައިވަނީ ޑިސެމްބަރު 2021 -- އޯގަސްޓް 2022 އާ ދެމެދު އެވެ.

ކުރިއަށް އޮތް އަހަރު ތެރޭގައި އެމިރޭޓްސް އިން މިފަދަ އަމަލެއް ތަކުރާރުކޮށްފިނަމަ 300،000 ޑޮލަރުގެ ޖޫރިމަނާއެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

އެމިރޭޓްސްގެ ތަރުޖަމާން ވިދާޅުވި ގޮތުން މަނާކަމަށް އެ ބުނާ ސަރަހައްދުގައި އެމިރޭޓްސް ދެން ދަތުރެއް ނުކުރާނެ އެވެ. އެފަދަ އެއްބަސްވުމެއް އެއްވެސް އެއާލައިނަކާ އެކު ނެތް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.