ދުނިޔެ

އިރާގުގައި ޖާނުން ފިދާވެގެން 15 މީހުން މަރުވެއްޖެ

ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އިރާގުގައި 15 މީހުން މަރުވެ، 20 މީހުން ޒަހަމްވެއްޖެ އެވެ. މި ހަމަލާ ދީފައިވަނީ އިރާގުގެ ހައިވޭ ސެކިއުރިޓީ ޗެކްޕޯސްޓެއްގަ އެވެ.

އިރާގުގެ ވެރިރަށް ބޭރުގައި އޮތް ޗެކްޕޮއިންޓަށް ހަމަލާ ދީފައިވަނީ ކޮން ޖަމާއަތަކުން ކަމެއް އަދިއެއް ނޭނގެއެވެ. އަދި މިހާތަނަށް އެއްވެސް ޖަމިއްޔާއަކުން ޒިންމާ ނަގާފައެއް ނުވެއެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި މިހަމަލާ ދީފައިވަނީ އައި އެސް އިން ނުވަތަ އައިއެސްއާއި ގުޅުން ހުރި ޖަމާއަތަކުންނެވެ.

މިދިޔަ ހަފްތާގައި އައިއެސް އިން ވަނީ އިރާގުގެ ވެރި ރަށް ބަގްދާދާ ކައިރި ސަރަހައްދު ތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. މި ހަމަލާ އާއި ބެހޭ އިތުރު ތަފްސީލުތައް ލިބިފައެއް ނުވެ އެވެ.