ހަބަރު

އެސްޓީއޯ "ހިޓާޗީ އޭސީ ބޮޑު ސޭލް" ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ "ހިޓާޗީ އޭސީ ބޮޑު ސޭލް" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އެޕްރީލް 30 އާއި ހަމައަށެވެ.

މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ހުރި އެސްޓީއޯގެ އިލެކްޓްރޯނިކް ފިހާރަތަކުގައި ވެސް މިއަދު ފެށި މި ޕްރޮމޯޝަންގައި އެސްޓީއޯގެ ފިހާރަތަކުން ގަންނަ ކޮންމެ ހިޓާޗީ އޭސީއަކަށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ. ޕްރޮމޯޝަންގައި މާލެއިން ކޮންމެ ހަފުތާއަކު ނަސީބުވެރިއަކު ހޮވާނެ އެވެ. ކޮންމެ ހަފުތާއަކުވެސް ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ބޭނުން އެއްޗެއް ހިލޭ ހޯދޭ ގިފްޓް ވައުޗާއެއް ލިބޭނެ އެވެ.

ޕްރޮމޯޝަންގައި ދޭ އެންމެ އަގުބޮޑު އިނާމް ނުވަތަ ގްރޭންޑް ޕްރައިޒް ހޮވުން އޮންނާނީ ޕްރޮމޯޝަން ނިންމުމަށްފަހު އެވެ. އެ ލަކީޑްރޯ ބާއްވާނީ އަތޮޅުތަކުގެ ރަށްރަށުގެ ފިހާރަތަކުގެ ކޫޕަންތައް ވެސް ހިމަނައިގެންނެވެ.

އެސްޓީއޯ އިން ބުނީ، މިއަދު ފެށި ޕްރޮމޯޝަން އިޝްތިހާރުކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ރޯޑް ޝޯތަކެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އެ ރޯޑް ޝޯތަކަށް ޒިޔާރާތްކުރާ މީހުންނަށް ވެސް ސޯޝަލް މީޑިއާ ފޮޓޯ ޝެއާކޮށްގެން ބައިވެރިވެވޭ ހާއްސަ ލަކީ ޑްރޯއެއް ބާއްވާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.