ސިނަމާލެ ބްރިޖު މަރާމާތުކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ބިދޭސީ މީހާ އަނބުރައިގަނެގެން ވެއްޓިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މަރުވެފައިވަނީ އިންޑިއާގެ ފިރިހެނެކެވެ.
ސިނަމާލެ ބްރިޖު މަރާމާތުކުރުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަވާލުކޮށްފައިވަނީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ އަށެވެ.