ހަބަރު

ބްރިޖުން ފުންމާލި އިންޑިއާ މީހާ ސުޕޮންސާއާ ހަވާލުކޮށްފި

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް، ސިނަމާލެ ބްރިޖު މަތިން އިންޑިއާ މީހާ އޭނާގެ ސްޕޮންސާއާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ ބުރިޖު މަތިން ފުންމާލީ ރާއްޖޭގައި މަސައްކަތް ކުރަމުން އައި އިންޑިއާ މީހަކު ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް ފަހު އޭނާގެ ބެލެނިވެރި ފަރާތާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.

އިންޑިއާ މީހާ ބުރިޖުމަތިން ފުންމާލީ ކީއްވެތޯ ސުވާލު ކުރުމުން ފުލުސް މީޑީއާ އޮފިޝަލު ވިދާޅުވީ އެ މައްސަލައިގެ ބާވަތުން އެ ސަބަބު ހާމަ ކުރެވެން ނެތީ ކަމަށެވެ.

މި މަހުގެ ތިން ވަނަ ދުވަހު ހަވީރުގެ ބްރިޖު މަތިން އިންޑިއާ މީހާ ފުންމާލުމުން އޭނާ ސަލާމަތް ކުރީ ފުލުހުންގެ ލޯންޗެއް ގޮހެވެ.

މީގެ ކުރިން ވެސް ސިނަމާލެ ބްރިޖު މަތިން މީހަކު ކަނޑަށް ފުންމާލައިގެން ސަލާމަތް ކުރަން ޖެހުނެވެ.