ފައްޔާޒް އިސްމާއީލް

ލޭބަ ޕާޓީގެ އަހަރީ ބައްދަލުވުމަށް ފައްޔާޒު އޮސްޓްރޭލިއާއަށް

އޮސްޓްރޭލިއާގެ އިދިކޮޅު ޕާޓީ -- ލިބަރަލް ޕާޓީގެ އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ފުރާވަޑައިގެންފި އެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި ކުރިއަށްދާ މި ކޮންފަރެންސްގައި ފައްޔާޒު ބައިވެރިވެވަޑައިގަންނަވަނީ ލިބަރަލް ޕާޓީގެ ދައުވަތަކަށެވެ.

ފައްޔާޒުގެ ހަތަރު ދުވަހުގެ މިދަތުރުފުޅުގައި އަހަރީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ލިބަރަލް ޕާޓީން ސިޔާސީ ހަރަކާތްތައް ހިންގާ ގޮތް އަދި ކެމްޕޭންތަކުގައި މަސައްކަތް ކުރާ ބައްލަވައި މައުލޫމާތު އޮޅުންފިލުއްވުމަށް ހަމަޖެހިފައިވެ އެވެ.

އެމްޑީޕީ ވެސް އިދިކޮޅު ޕާޓީއަކަށް ވުމުން އެ ޕާޓީން ގެންދަނީ އިސްލާހު ކުރަންޖެހޭ ކަންކަން ކުރަމުންނެވެ. އަދި އަލުން އަނބުރާ ވެރިކަމަށް އައުމަށްޓަކައި އެކުލަވާލަންޖެހޭ ސިޔާސަތުތައް އެކުލަވާލައި މީހުން ބިނާކުރުމުގެ މަސައްކަތް އެ ޕާޓީން ވަނީ ފަށާފަ އެވެ.