ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް -- ޔޫރޯ 2024 ގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން މިރޭ ތިން މެޗެއް ކުޅޭނެ އެވެ.
ފުރަތަމަ މެޗު - ކްރޮއޭޝިއާ އާއި އަލްބޭނިއާ
ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗަށް ކްރޮއޭޝިއާ އަދި އަލްބޭނިއާ ނިކުންނައިރު މި ދެޓީމުވެސް މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވަނީ ބަލިވެފަ އެވެ.
ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ 0-3ގެ ނަތީޖާއަކުން ބަލިވިއިރު އަލްބޭނިއާ އިޓަލީ އަތުން ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.
ކްރޮއޭޝިއާ އަދި އަލްބޭނިއާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ނިކުންނައިރު މީ މި ދެ ޓީމު ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ދެވަނަ މެޗު - ޖަރުމަނާއި ހަންގޭރީ
ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗަށް ޖަރުމަން އަދި ހަންގޭރީ މިރޭ ނިކުންނައިރު މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނު ކުޅުނު ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް އަތުން 1-5ގެ ނަތީޖާއަކުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. ހަންގޭރީ ސްވިޒަލޭންޑް އަތުން ބަލިވީ 1-3ގެ ނަތީޖާ އަކުންނެވެ.
ޖަރުމަނާއި ހަންގޭރީ މިރޭގެ މެޗަށް ނިކުންނައިރު މީގެ ކުރިން ތިން ފަހަރެއްގެ މަތިން މި ދެ ޓީމު ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށްފައިވެ އެވެ.
ތިންވަނަ މެޗު - ސްވިޒަލޭންޑާއި ސްކޯޓްލޭންޑް
ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗަށް ސްވިޒަލޭންޑާއި ސްކޮޓްލޭންޑް މިރޭ ނިކުންނައިރު ގްރޫޕް ސްޓޭޖުގައި ސްކޮޓްލޭންޑް ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނު އަތުން 1-5 ގެ ނަތީޖާއަކުން އެ ޓީމު އޮތީ ބަލިވެފަ އެވެ. މިއީ މުބާރާތުގައި އަދި މިހާތަނަށް އެންމެ ބޮޑު ބައްޔެވެ. ސްވިޒަލޭންޑް ހަންގޭރީ އަތުން މޮޅުވީ 1-3ގެ ނަތީޖާ އަކުންނެވެ.
މިހާތަނަށް ސްވިޒަލޭންޑް އާއި ސްކޯޓްލޭންޑް ބައްދަލު ކުރި މެޗުތަކަށް ބަލާއިރު ބޮޑަށް ބުރަވެވޭނީ ސްކޮޓްލޭންޑް ކޮޅަށެވެ.
ސްކޯޓްލޭންޑް އަށް ފަހަރު މޮޅުވެފައިވާއިރު ސްވިޒަލޭންޑް މޮޅުވީ ފަސް ފަހަރު އެވެ. އަދި މި ދެ ޓީމު ކުޅުނު ތިން މެޗު ނިމިފައިވަނީ އެއްވަރު ވެގެންނެވެ.