މިސްކިތް

އީދު މިސްކިތުން މިމަހު އެކަނިވެސް 10 ފަންކާ ވަގަށް ނަގައިފި

މާލޭގެ އީދު މިސްކިތުން މިމަހު އެކަނިވެސް 10 ފަންކާ ވަގަށް ނަގައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އީދު މިސްކިތުގެ ކެމަރާ ފުޓޭޖްތައް ނެގުމަށްފަހު ފުލުހަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކުން ވައްކަން ނުކުރުމަށާއި މިސްކިތުގެ ތަކެއްޗަށް ގެއްލުންދީ ނެހެދުމަށްވެސް އިލްތިމާސްކޮށްފަ އެވެ.

މާލޭގެ މިސްކިތްތަކުގައި ހުންނަ ފަންކާއާއި، ސައުންޑް ސިސްޓަމާއި، ފެން މޯޓަރު ފަދަ ތަކެތި ވަގަށް ނެގުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ސީސީޓީވީ ކެމަރާ ހަރުކޮށްފައި ހުންނައިރުވެސް މިސްކިތްތަކުން ވައްކަން ކުރާ މައްސަލައަށް ހައްލެއް ނުލިބެ އެވެ.