ރޯދަ މަހުގެ ކުރިން މާލޭގެ މިސްކިތްތަކުގެ މަރާމާތުގެ މުހިންމު މަސައްކަތްތައް ނިމޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މޭޔަރު މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ ވަރަށް ގިނަ މިސްކިތްތަކުގެ މަސައްކަތް އެއްފަހަރާ ކުރިއަށްދާ ކަމަށެވެ.
ގިނަ މިސްކިތުގެ އެންމެ މުހިންމު މަސައްކަތްތައް ދެ ހަފުތާ ތެރޭގައި ނިމޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
ކިންގް ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒު ފިޔަވައި މާލޭގެ އެހެން މިސްކިތްތައް ބަލަހައްޓަނީ މާލޭ ސިޓީ ކައުންސިލުންނެވެ.