ދިވެހި ސިނަމާ

ދިވެހި ފިލްމު "ސާޔާ" އޯގަސްޓް 7ގައި ރިލީޒް ކުރަނީ

0%
0%
0%

ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ ޝައި ޕްރޮޑަކްޝަނުން ނެރުމަށް ނިންމާފައިވާ "ސާޔާ" ރިލީޒް ކުރާ ތާރީހު އިއުލާންކޮށްފި އެވެ.

ޝައި ޕްރޮޑަކްޝަނުން ރޭ މި ފިލްމުގެ ޓީޒާ ނެރުނުއިރު ފިލްމު ރިލީޒް ކުރާނީ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހު ކަމަށް ބުނެފައިވެ އެވެ.

މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ލޯބީގެ ބިރުވެރި ފިލްމެކެވެ.

ޑައިރެކްޓް ކުރުމުގެ އިތުރުން ފިލްމުގެ މައިގަނޑު ކެރެކްޓާގައިވެސް ޔޫއްޕެ ފެނިގެންދާނެ އެވެ.

މި ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި އިބްރާހިމް ޖިހާދު (ޖީމީ)، އައިމިނަތު ރަޝްފާ (އާޝާ)، މުހައްމަދު މަނިކު އަދި އަހްމަދު ނިމާލުވެސް ހިމެނެ އެވެ.

އަވަސްއަށް މައުލޫމާތު ދެމުން ޝަފީގު ބުނީ އޯގަސްޓް ހަތެއްގައި މި ފިލްމު ރިލީޒު ކުރުމަށްފަހު އޮލިމްޕަހުގައި މި ފިލްމުގެ 18 ޝޯ ދައްކާނެ ކަމަށެވެ. ޓިކެޓެއްގެ އަގަަކީ 150 ރުފިޔާ ކަމަށްވެސް ޝަފީގު ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345