ދިވެހި ސިނަމާ

"ކަމަނާ"ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި

ދިވެހި ފިލްމު "ކަމަނާ"ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި އެެވެ.

ފިލްމުގެ ޕޯސްޓަރު ލޯންޗު ކުރުމަށްފަހު "ކަމަނާ"ގެ ޓީމުން ވަނީ ސޯޝަލް މީޑިއާގެ ދެ ޕްލެޓްފޯމެއްގައި -- އިންސްޓަގްރާމް އަދި ޓިކްޓޮކްގައި "އަނިޔާކުރުމާ އަހަރެން ދެކޮޅު" ކެމްޕޭން ގެ ދަށުން ގެވެށި އަނިޔާއާއި ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. އަދި އާންމުން އެކަމާމެދު ހޭލުންތެރި ކުރުވުމަށް އެކި ޕޯސްޓުތައް ކޮށްފައިވެ އެެވެ.

މި ފިލްމަކި ގެވެށި އަނިޔާގެ ޝިކާރައަކަށްވީ ޒުވާން އަންހެން ކުއްޖެއްގެ ހަޔާތް ދައްކުވައިދޭ ހަގީގީ ވާހަކައަކަށް ބިނާ ކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި މަރިޔަމް އައްޒަ (އައްޒަ)، ޔޫސުފް ޝަފިއު (ޔޫއްޕެ)، އައިމިނަތު ރަޝްފާ (އާޝާ)، މުހައްމަދު މަނިކު އަދި އަހްމަދު ނިމާލު އަދި މުހައްމަދު ރަޝީދު (ދަރާ) ވެސް ހިމެނެ އެވެ.

މި ފިލްމު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ރެ އެވެ.